ކ. މާލެ
|
8 އޮކްޓޯބަރ 2021 | ހުކުރު 18:35
އެސްޓީއޯ ޝިޕިންގ ލައިން ކުންފުނިން އައު ފަޅުވެރިންނަށް ބޭނުންވަނީ ދިވެހިން
އެސްޓީއޯ ޝިޕިންގ ލައިން ކުންފުނިން އައު ފަޅުވެރިންނަށް ބޭނުންވަނީ ދިވެހިން
އެސްޓީއޯ
އެސްޓީއޯގެ ޝިޕިންގ ލައިން
އެސްޓީއޯގެ ޝިޕިން ލައިނުން ބޮޑު މުސާރައާއެކު ވަޒީފާ އިއުލާންކޮށްފި
މިފަހަރު ފުރުސަތު ހުޅުވާލީ ދިވެހިންނަށް
މީގެ ކުރިން ފަޅުވެރިންގެ ގޮތުގައި ތިބީ ބޭރު މީހުން

އެސްޓީއޯގެ ޝިޕިންލައިން "މޯލްޑިވްސް ސްޓޭޓް ޝިޕިން" (އެމްއެސްއެސް) ގެ ބޯޓުގެ ވަޒީފާތަކަށް ބޮޑު މުސާރައާއެކު ދިވެހިންނަށް ވަޒީފާ އިއުލާން ކޮށްފިއެވެ.

މިއީ އެ ބޯޓުގެ ވަޒީފާތަކަށް އިއުލާނުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ކުންފުނިން ބޭނުން ކުރިީ ބޭރުގެ ފަޅުވެރިންނެވެ.

އެމްއެސްއެސް އިން ހުޅުވާލި ވަޒީފާތައް:

– ޗީފް އިންޖިނިއަރ 1: މުސާރަ 107،940ރ.

– ސެކަންޑް އިންޖިނިއަރު 1: މުސާރަ 92،520ރ.

– ޗީފް އޮފިސަރު 1: މުސާރަ 92،520ރ.

– ސެކަންޑް އޮފިސަރު 1: މުސާރަ 53،970ރ.

– އިލެކްޓްރިޝަން 1: މުސާރަ 53،970ރ.

– ވެލްޑަރު 1: މުސާރަ 19،620ރ

– ބޯސަން 1: މުސާރަ 18،504ރ.

– ޗީފް ކުކް 1: މުސާރަ 19،000ރ.

– އޭބަލް ސީމަން 3: މުސާރަ 15،400ރ.

– މެސް ބޯއި 1: މުސާރަ 13،560ރ.

– އޮއިލަރ 2: މުސާރަ، 15،400ރ.

ކުރިން ގެންގުޅުނު ބޯޓުގެ އެއްބަސްވުން ހަމަވުމުން އެމްއެސްއެސް އިން މިހާރު ވަނީ އެ ބޯޓު އަނބުރާ ހަވާލުކޮށްފައެވެ. އެއީ 700 ކޮންޓެއިނަރުގެ ބޯޓެއް ނަމަވެސް މިހާރު ގެންގުޅެނީ 400 ކޮންޓެއިނަރުގެ ބޯޓެކެވެ. މިހާރު ގެންގުޅޭ ބޯޓުގެ ހުރިހާ މަގާމެއްގައި އެމްއެސްއެސް އިން ބޭނުންވަނީ ދިވެހިންނެވެ. އެހެންވެ 14 ވަޒީފާގެ ފުރުސަތު އެމްއެސްއެސް ވަނީ ހުޅުވާލައިފައެވެ.

މި ވަޒީފާތަކަށް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 12:30 އެވެ. ވަޒީފާތަކާ ބެހޭ އިތުރު މައުލުމާތު sto.mv/career އިން ލިބޭނެއެވެ.

- ކޮމެންޓް
8 އޮކްޓޯބަރ 2021 | ހުކުރު 22:28
ާްއަހުމަދު ސަރްހަަަަން
ޝެފު މުސަަްރަ ހަްދަ ކުދަ ޔެެ