ކ. މާލެ
|
6 އޮކްޓޯބަރ 2021 | ބުދަ 19:51
އދގެ އާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް ޢަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަތުން
އދގެ އާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް ޢަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަތުން
ރައީސް އޮފީސް
"ފަށާއިރު"ގެ ޚާއްސަ މެހަމާނަކަށް ޝާހިދު
އެންމެ މަގުބޫލު ޓީވީ ޝޯވް ''ފަށާއިރު''ގެ މެހެމާނަކަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދު!
 
މި ޝޯވް ރާއްޖެޓީވީން ފާއިތުވި 6 އަހަރުގެ ތެރޭގައި މެދުކެނޑުމެއް ނެތި ގެނެސްދީފައިވޭ
 
އާންމު މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު
 
މިއީ އދ.ގެ އާންމު މަޖިލީހުގެ ރައީސް މީޑިއާ ޕްރޮގްރާމެއްގައި ބައިވެރިވާ ފުރަތަމަ ފަހަރު

ރާއްޖެޓީވީން ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ މަގުބޫލް ޕްރޮގްރާމް ''ފަށާއިރު''ގެ ބުރާސްފަތި ދުވަހުގެ ޝޯވގައި އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ފަށާއިރުގައި ޝާހިދު ބައިވެރިވަޑައިގަންނަވަނީ ޚާއްސަ މެހެމާނެއްގެ ގޮތުގައެވެ. މިއީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު އިންތިޚާބުވެ ވަޑައިގެންނެވިފަހުން މީޑީއާގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އާންމު މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ, އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުވަތަކަށް ޝާހިދު ރާއްޖެ ވަޑައިގެންނެވީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

ފަށާއިރަކީ ނިއުސް އެންޑް ކަރަންޓް އެފެއާރޒް ޚަބަރުތަކާއި މުޖުތަމައުގައި ހުންނަ އެކިއެކި މައްސަލަތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސިޔާސީ ވާހަކަތައް ނުރަސްމީ އަދި މީހުންނަށް ކަމުދާ ސްޓައިލަކަށް ގެނެސްދޭ މުޅި ރާއްޖެއަށް މަގުބޫލް ޝޯވްއެކެވެ. މި ޝޯވް ރާއްޖެޓީވީން ފާއިތުވި 6 އަހަރުގެ ތެރޭގައި މެދުކެނޑުމެއް ނެތި ކޮންމެ ދުވަހެއްގެ ހެނދުނު 6:30ން 8:45ށް ދަނީ ގެނެސްދެމުންނެވެ.

މިޝޯވގައި ރާއްޖޭގެ އެކި ފަންތީގެ ބޭފުޅުން ވޭތުވެދިޔަ އަހަރުތަކުގައި ޚާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވަޑައިގެންފައިވެއެވެ. އަދި ފާއިތުވެދިޔަ ދެ އަހަރު ރައީސް ޞާލިޙު ވެސް ވަނީ "ފަށާއިރު"ގައި ބައިވެރިވެވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް