Advertisement
ކ. މާލެ
|
3 އޮކްޓޯބަރ 2025 | ހުކުރު 21:45
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ - 03 އޮކްޓޯބަރު 2025
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ - 03 އޮކްޓޯބަރު 2025
ރާއްޖެއެމްވީ
ދައުލަތުގެ ކަރާމާތް
ރައީސް މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތުގެ ކަރާމާތް ވަނީ ނަގާލާފައި: ޝާހިދު
ރާއްޖެއަށް ސުލްހަވެރި ހަރަކާތް ތައާރަފް ކުރީ އަދި އިސްލާހީ ބަދަލު ރާއްޖެއަށް ގެނެސްފައިވަނީ އެމްޑީޕީން
ބާރު އޮތީ ރައްޔިތުންގެ އަތުގައިކަން މި އެއްވުމުން ވެސް ހާމަވޭ
އަދުލްއިންސާފު ބޭއިންސާފަށް ވަނީ ބަދަލުކޮށްފައި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތުގެ ކަރާމާތް ނަގާލާފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދާ ލޫޓުވާލައިފި އެއްވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖެއަށް ސުލްހަވެރި ހަރަކާތް ތައާރަފް ކުރީ އެމްޑީޕީން ކަމަށާއި، އިސްލާހީ ބަދަލު ރާއްޖެއަށް ގެނެސްފައިވަނީ އެމްޑީޕީން ކަމަށެވެ. އަދި ބުރަ މަސައްކަތުން ގައުމަށް ގެނެސްފައިވާ އިސްލާހީ ބަދަލުތައް އޮޔާލާ ފުނޑުފުނޑުކޮށްލާއިރު، ބަލަހައްޓައިގެން ނުތިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިސްލާހަށް ބުނަންޖެހޭ އެއްޗެއް ބުނެ، އަޑުއުފުލަން ކެރޭނެ ކަމަށާއި، ރާއްޖެއަށް ހެޔޮ ގޮތް ގެނައުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް އެމްޑީޕީން ވާނެ ކަމަށެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، އެކަން މި އެއްވުމުން ވެސް ހާމަވާ ކަމަށެވެ.

ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ވެރިކަމުގެ ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިންނޭ. އެދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައޭ. މިތަނަށް ތިޔަ ބޭފުޅުން ނުކުމެ ވަޑައިގެންނެވޭތީ ތިޔަ އެންމެ ބޭފުޅުންނަށް އެމްޑީޕީގެ ނަމުގައި މަރުހަބާ ދަންނަވަން. އެންމެހާ ބޭފުޅުން ނުކުމެ ވަޑައިގެން ތިޔަ ތިއްބެވީ ގާނޫނު އަސާސީގެ 4 ވަނަ މާއްދާގެ ހިމާޔަތް ލިބިގެން. ރައްޔިތުންގެ ފަރާތުގައި. ރައްޔިތުންގެ ފަރާތުގައި ބާރުއޮތީ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ މުޅި ދައުލަތުގެ ކަރާމާތް ނަގާލައި، ރައްޔިތުން މަޖިލީހުގައި މެންބަރުންނާއި، މީޑީއާގެ އަގަމަތީގައި މަލަން އަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަދުލްއިންސާފު ބޭއިންސާފަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، އާސަންދަ ބޭކާރު ހަރަދުކޮށް ހުސްކޮށްލާފައިވާ ކަމަށާއި، ރައްޔިތުންނަށް ލިބެންޖެހޭ އާސާސީ ބޭސް ވެސް ނުލިބޭ ކަމަށެވެ. ޝާހިދު ވިދާޅުވީ މި ސަރުކާރުން ގައުމު ލޫޓުވާލާފައިވާ ކަމަށާއި، ލޫޓުވަމުންދާ ކަމަށެވެ. އަދި ރައްޔިތުން ނުކުމެ މިތިބީ އެލޫޓުވުން ހުއްޓުވުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

- ކޮމެންޓް