ކ. މާލެ
|
6 އޮކްޓޯބަރ 2021 | ބުދަ 13:30
ޔައުގޫބް އަބްދުﷲ - ދާންދޫ ދާއިރާގެ މެމްބަރު
ޔައުގޫބް އަބްދުﷲ - ދާންދޫ ދާއިރާގެ މެމްބަރު
މަޖިލިސް
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު
ވިޔަފާރި ކުރިއެރުވުމަށް އިސްލާހުކުރަންވީ އިދާރީ މިންގަނޑު އެކަންޏެއް ނޫން - ޔައުގޫބް
 
ވިޔާފާރި ކުރިއަރުވަން މައިގަނޑު ގޮތެއްގައި އޮންނަނީ ދެ ދައްޗެއް
 
ކުދި ވިޔަފާރިއަކީ އެތައް ބަޔަކަށް މާލީ ނަފާ ލިބޭ ކަމެއް
 
އިސްލާހާއެކު އިދާރީ ދަތިތައް ހައްލުވެގެންދާނެ

ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް އިސްލާހުކުރަންވީ އިދާރީ މިންގަނޑު އެކަންޏެއް ނޫން ކަމުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަފުޅު ދައްކަވަމުން ޔައުގޫބް ވިދާޅުވީ، ވިޔާފާރި ކުރާ ގޮތަށްވެސް ބަދަލު އަންނަން ޖެހޭ ކަމަށާއި، ހަމަ އެކަނި އިދާރީ މިންގަނޑަށް ބަދަލު ގެނެސްގެން ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރި ނޭރުވޭނެ ކަމަށެވެ. މިހާރު މިއޮތް އިސްލާހާއެކު އިދާރީ ދަތިތައް ހައްލުވެގެންދާނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ކުދި ވިޔަފާރި ތަކަކީ، ކޮންމެ ގައުމުއްގެވެސް އިގްތިސާދު ހިފަހައްޓާލުމުގައި މުހިއްމު ބައެއް ކަމަށާއި، މި ސަރުކާރު އައިއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ނުފޫޒު ފޯރުވާފައި އޮތްނަމަވެސް މި ސަރުކާރުގެ މެނިފެސްޓޯގައިވެސް ކުދި އާދައިގެ ވިފާރިތަކަށް ނުފޫޒު ނުފޯރުވާނެކަމަށް ހިމަނާފައިވާނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ. ކުރީ ސަރުކާރުން މަސައްކަތް ކޮށްފައިވަނީ އެ ވިޔަފާރިތައް ހަލާކުކޮށްލުމަށް ކަމަށް ޔައުގޫބް ފާހަގަކުރެއްވިއެވެ.

ރާއްޖެ ކަހަލަ ގައުމެއްގައި ކުދި ވިޔަފާރިއަކީ އެތައް ރައްޔިތުންތަކަކަށް އެކަމުގެ މާލީ ނަފާ ލިބޭ ކަމެއް ކަމަށެވެ. ޔައުގޫބް ވިދާޅުވީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން އާދައިގެ ކުދި ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަންނަނަމަ މުޅި އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

ވިޔާފާރި ކުރިއަރުވަން މައިގަނޑު ގޮތެއްގައި އޮންނަނީ ދެ ދައްޗެއްކަން ފާހަގކުރައްވަމުން ޔައުގޫބު ވިދާޅުވީ ފުރަތަމަ ކަމަކީ، އިދާރީ ދަތިތައް ކަމަށާއި، އަނެއް ދައްޗަކީ ވިޔަފާރީގެ ވާދަވެރިކަމުގައި ކުރިއަރައިގެން ދާން އޮންނަ ދަތި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް