ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ ހާލުކޮޅު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފިއެވެ.
އެކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ޢަޒީޒު ވިދާޅުވީ ނައިބު ރައީސްގެ ހާލުކޮޅު މިވަގުތު ރަނގަޅުކަމަށެވެ.
މީގެކުރިން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިވެސް ނައިބު ރައީސްގެ ހާލުކޮޅު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވެއެވެ. އެފަހަރު އެޑްމިޓްކޮށްފައިވަނީ މާބޮޑަށް ހުން އަންނާތީއެވެ.
މީގެއިތުރުން މިއަހަރުގެ މެއި މަހު ނައިބު ރައީސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.