ކ. މާލެ
|
5 އޮކްޓޯބަރ 2021 | އަންގާރަ 09:06
އަޑިއަށް ގޮސްފައިވަނީ ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް
އަޑިއަށް ގޮސްފައިވަނީ ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް
އެމްއެންޑީއެފް
ދޯންޏެއް އަޑިއަށް ދިއުން
ދޯންޏެއް އަޑިއަށް ގޮސްގެން ގެއްލުނު 5 މީހުން ހޯދައިފި
އެމީހުން ހޯދިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 08:30 ގައި
އެމީހުން ދަތުރު ކުރަމުން ދިޔައީ ކާށިދޫން ފުރައިގެން ޅ. އަތޮޅަށް
ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އަންގާރަ ދުވަހުގެ ފަތިހު 05:59 ހާއިރު

ކާށިދޫން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށް ދިޔަ ދޯނިން ގެއްލުނު އެންމެން ހޯދައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އަޑިއަށް ގޮސްފައިވަނީ ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަމުންދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް ކަމަށެވެ. އެ ދޯނި ޅ. އަލިގާގެ ހުޅަނގުން 4 ނމ. ބޭރުން އަޑިއަށް ގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރި ވެފައިވާއިރު، ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އަންގާރަ ދުވަހުގެ ފަތިހު 05:59 ހާއިރުކަން އެމްއެންޑީއެފުން ފާހަގަކޮށްފައިވެއެވެ.

އެ ދޯނިން ދަތުރުކުރަމުން ދިޔަ 5 ދިވެހިން ގެއްލިގެން ހޯދަމުންދާ ކަމަށާއި، އެންމެ ފަހުން އެމީހުންނަށް ގުޅިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 06:45 ގައި ކަން އެމްއެންޑީއެފުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް މިހާރު އެ އެންމެންވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑާއި، ޑޯނިއަރ ފްލައިޓު ޙަރަކާތްތެރިވެގެން ހޯދާފައިވާއިރު، އެމީހުން ހޯދިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 08:30 ގައެވެ.

އެމްއެންޑީއެފުން ވަނީ އެމީހުން ކާށިދޫއަށް ގެންގޮސްފައެވެ. އަދި އެމީހުންގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

- ކޮމެންޓް