ކ. މާލެ
|
4 އޮކްޓޯބަރ 2021 | ހޯމަ 22:12
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
އަތޫފް އާތިފް
ރާއްޖޭގެ ކޮވިޑް ހާލަތު
ހޯމަ ދުވަހު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 19 މީހުން
މުޅި ރާއްޖެއިން ޕޮޒިޓިވްވީ 65 މީހުން
ހޯމަ ދުވަހު ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވެފައިވޭ

ހޯމަ ދުވަހު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 65 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ އާދީއްތަ ދުވަހުގެ ހަވީރު 6:00އިން ހޯމަ ދުވަހުގެ ހަވީރު 6:00އަށް 3،583 ސާމްޕަލްއެއް ޓެސްޓުކޮށްފައިވާކަމަށެވެ. މީގެ ތެރެއިން ޕޮޒިޓިވްވީ މާލެ ސަރަހައްދުން 19 މީހުންނާއި، އަތޮޅުތެރެއިން 42 މީހުންނާއި ރިސޯޓުތަކުން 4 މީހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 85،107އަށް އަރާފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 1،477 ކޭހެއް ގުނަމުންދެއެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދަނީ 19 މީހުންނަށެވެ.

މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދު ވަނީ 83،385އަށް އަރާފައެވެ. އަދި ބަލީގައި ނިޔާވެފައިވަނީ 232 މީހުންނެވެ.

ހޯމަ ދުވަހު މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މަދުވެފައިވާއިރު، ހޯމަ ދުވަހު މި ބަލީގައި މީހަކު ވަނީ ނިޔާވެފައެވެ. އެމީހާ ނިޔާވެފައިވަނީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 2:40ގައި, ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށެވެ. އެއީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ.


Advertisement
- ކޮމެންޓް