ގިނަ ބަޔެއްގެ މެދުގައި މަގުބޫލު އަދި ގިނަ ބަޔަކު ބޭނުންކުރަމުންދާ ސޯޝަލް މީޑިޔާ މީޑިޔަމްތައްކަމުގައިވާ ފޭސްބުކް، އިންސްޓަރގްރާމް އަދި ވަޓްސްއެޕް ޑައުންވެއްޖެއެވެ.
ޑައުންޑިޓެކްޓަރ.ކޮމް އިން ބުނެފައިވާ ގޮތުގައި ފޭސްބުކްއާއި އިންސްޓްރގްރާމް ޑައުންވެގެން މުޅި ދުނިޔޭގެ އެތައް ހާސް ބަޔަކު އަންނަނީ ރިޕޯޓްކުރަމުންނެވެ. ފޭސްބުކްއާއި އިންސްޓަރގްރާމްގެ އިތުރުން މެސެންޖަރ އަދި ވަޓްސްއެޕްވެސް ވަނީ ޑައުންވެފައެވެ.
މިއެޕްތައް ޑައުންވެފައިވާ ސަބަބެއް އަދި ސާފެއްނުވެއެވެ. ނަމަވެސް މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިއެޕްލިކޭޝަން ބޭނުންކުރާ މީހުންނަށް މިއެޕްލިކޭޝަންތައް ބޭނުންކުރުމުގައި އަންނަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.