ކ. މާލެ
|
3 އޮކްޓޯބަރ 2021 | އާދީއްތަ 23:28
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
ރާއްޖެ އެމްވީ
ރާއްޖޭގެ ކޮވިޑް ހާލަތު
އާދީއްތަ ދުވަހު މުޅި ރާއްޖެއިން ފެނުނީ 71 ޕޮޒިޓިވް ކޭސް
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 22 މީހުން
އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުން މަދު

އިތުރު 71 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފއެވެ.

އެޗްޕީއޭއިން ބުނީ ހޮނިހިރު ދުވަހުގެ ހަވީރު 6:00އިން އާދިއްތަ ދުވަހުގެ ހަވީރު 6:00އަށް 5،668 ސާމްޕަލްއެއް ޓެސްޓުކޮށްފައިވާކަމަށެވެ. މީގެ ތެރެއިން ޕޮޒިޓިވްވީ މާލެ ސަރަހައްދުން 22 މީހުންނާއި، އަތޮޅުތެރެއިން 45 މީހުންނާއި ރިސޯޓުތަކުން 4 މީހެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 85،042އަށް އަރާފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 1،505 ކޭހެއް ގުނަމުންދެއެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދަނީ 18 މީހަކަށެވެ.

މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދު ވަނީ 83،293އަށް އަރާފައެވެ. އަދި ބަލީގައި ނިޔާވެފައިވަނީ 231 މީހުންނެވެ.

ހޮނިހިރު ދުވަހު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 105 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 21 މީހުންނާއި, އަތޮޅުތެރެއިން 80 މީހުންނާއި ރިސޯޓުތަކުން 4 މީހުންނެވެ.

އަތޮޅުތެރެރިން ޕޮޒިޓިވްވި މީހުންގެ އަދަދު އާދީއްތަ ދުވަހު މިވަނީ މަދުވެފައެވެ. އަދި މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ.


Advertisement
- ކޮމެންޓް