ކ. މާލެ
|
3 އޮކްޓޯބަރ 2021 | އާދީއްތަ 00:11
ކޮވިޑްއަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ކޮވިޑްއަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް އަޕްޑޭޓް
ހޮނިހިރު ދުވަހު އަތޮޅުތެރެއިން 80 ޕޮޒިޓިވް ކޭސް
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 21 މީހުން
ރިސޯޓުތަކުން ޕޮޒިޓިވްވި އަދަދު ވަނީ ދަށްވެފައި

ހޮނިހިރު ދުވަހު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 105 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ހުކުރު ދުވަހުގެ ހަވީރު 6:00އިން ހޮނިހިރު ދުވަހުގެ ހަވީރު 6:00އަށް 4،026 ސާމްޕަލެއް ޓެސްޓުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ޕޮޒިޓިވްވީ މާލެ ސަރަހައްދުން 21 މީހުންނާއި, އަތޮޅުތެރެއިން 80 މީހުންނާއި ރިސޯޓުތަކުން 4 މީހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއާއެކު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ 84،971އަށް ވަނީ އަރާފައެވެ.

މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 1،549 ކޭހެއް ގުނަމުންދެއެވެ. މީގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދަނީ 18 މީހުންނަށެވެ.

މިހާތަނަށް ބަލިން ފަސޭހަވެފައިވަނީ 83،178 މީހުންނެވެ. އަދި 231 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ.

މިވަގުތު ރާއްޖެއިން ފެންނަ ކޮވިޑް ކޭސްތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. މާލެއިން ފެންނަ ކޭސްތައް މަދު ނަމަވެސް އަތޮޅުތެރެއިން ފެންނަ ކޭސްތައް ގިނައެވެ.


Advertisement
- ކޮމެންޓް