ކ. މާލެ
|
29 ސެޕްޓެންބަރ 2021 | ބުދަ 07:37
ރެންޑަމް ސާމްޕަލިންގ މަސައްކަތް
ރެންޑަމް ސާމްޕަލިންގ މަސައްކަތް
ރާއްޖެ އެމްވީ
ކޮވިޑްގެ ހާލަތު
އަންގާރަ ދުވަހު ޕޮޒިޓިވްވީ 95 މީހުން
ރަށްރަށުން ޕޮޒިޓިވްވި 61 މީހެއް އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 2 މީހެއް
އަންގާރަ ދުވަހު 93 މީހަކު ވަނީ ބަލިން ރަނގަޅުވެފައި

އަންގާރަ ދުވަހު ޕޮޒިޓިވްވެފައިވަނީ 95 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން ބުނެފިއެވެ.

ހޯމަ ދުވަހުގެ ހަވީރު 6:00ން އަންގާރަ ދުވަހުގެ ހަވީރު 6:00ށް ނަގާފައިވާ 4403 ސާމްޕަލްގެ ތެރެއިން މާލެ ސަރަހައްދުން ވަނީ 1527 ސާމްޕަލް ނަގާފައެވެ. ނެގުނު ސާމްޕަލްގެ ތެރެއިން 95 މީހުން ޕޮޒިޓިވްވި އިރު، މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 32 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 61 މީހެއް އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 2 މީހެކެވެ.

އަންގާރަ ދުވަހު ޕޮޒިޓިވްވި 95 މީހުންނާއެކު ރާއްޖެއިން މިހާތަަނަށް 84،579 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 82،769 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، އަންގާރަ ދުވަހު 93 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި 1566 ކޭސް ރިޕޯޓްކޮށްފައިވާ އިރު، މީގެ ތެރެއިން 19 މީހަކަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ. މިހާތަނަށް އައި އިރު މި ބަލީގައި 231 މީހަކު ވަނީ ނިޔާވެފައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން، މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވްވިޓީ ރޭޓް ހުރީ 2 އިންސައްތައިގައެވެ.


Advertisement
- ކޮމެންޓް