ކ. މާލެ
|
28 ސެޕްޓެންބަރ 2021 | އަންގާރަ 15:44
ނޫސްވެރިންނާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ހުރި ބައެއް ކޮމެންޓްތައް
ނޫސްވެރިންނާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ހުރި ބައެއް ކޮމެންޓްތައް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
އިންތި ނޫން ބޭފުޅަކު ވިދާޅުވިނަމަ ހާދަހާވާ ރަނގަޅެވެ.
 
މީޑިއާގެ މަސައްކަތްތައް ވަރަށް ރަނގަޅަށް އިންތިއަށް އެނގިވަޑައިގަންނަވާނެ
 
ނޫސްވެރިކަމުގެ މިނިވަންކަން ހޯއްދަވައި ދެއްވުމަށް އެންމެ ގިނައިން ވަކާލާތު ކުރައްވާ ބޭފުޅަކީވެސް އިންތި
 
ނޫސްވެރިންނަށް އިންތިގެ ނުރުހުމުގެ ބަސް އަމާޒުވީ ހެޑްލައިންގައި އޮތް އެއްޗަކުން ކަމަށް ވެދާނެ

ކޮންމެ ހާލަތެއްގައިވެސް ނޫސްވެރިންނަކީ އެބަޔަކަށް އަބަދުވެސް ފާޑުކިޔުން އަމާޒުވާ ބައެކެވެ. އެމީހުން ރިޕޯޓުކުރާ ލިޔުންތައް އެއީ ކޮންމެ ފަހަރަކު އެންމެންނަށް ކަމުދާ ލިޔުމަކަށް ވާން ނުޖެހެއެވެ. ކަންކަން އޮންނަ ގޮތުގެ ހަގީގަތް ރިޕޯޓު ކުރުމަކީ އެމީހުންގެ ޒިންމާއެވެ. އެހެންކަމުން ބައެއް ހާލަތްތަކުގައި ރިޕޯޓުކުރާ ލިޔުންތަކަށް ފާޑު ކިޔުން އެއީ އާއްމު ކަމެކެވެ. އެހެންނަމަވެސް ތަނދޮރު އެނގޭ، ޚާއްސަކޮށް ނޫސްވެރިންގެ މަސައްކަތްތައް ރަނގަޅަށް ދަންނަ "ހައި ޕްރޮފައިލް" މީހުން ނޫސްވެރިންގެ ބޮލުގައި އަޅުވާ ތުހުމަތުތަކަކީ އެހައި ބަލައިގަނެވޭ ކަމެއް ނޫނެވެ.

މި ހަފުތާގައި ސޯޝަލް މީޑިއާއިން ފެނުނު ޕޯސްޓްތަކުން ނޫސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. ޚާއްސަކޮށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާތައް ނިއުޅެމުން އައިއިރު ނޫސްތަކުގެ ފަލަ ސުރުޚީތައް ވެގެން ދިޔައީ، ބައެއް ބޭފުޅުންނަށް ހަޖަމްކުރަން އުނދަގޫ ސުރުޚީ ތަކަަކަށެވެ. އެހެން ނަމަވެސް ހިތާމައަކީ އެކަމަށް އެންމެ ބޮޑަށް ބަސް ވިދާޅުވީ ބޭފުުޅުންނަކީ، ނޫސްވެރިކަމުގެ ދާއިރާ ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅުން ކަމަށް ވުމެވެ. އަދި މިނަވަންކަމާއެކު ރިޕޯޓު ކުރުމަށް އެންމެ ބޮޑަށް ފާޅުގައި ވާހަކަދައްކަވާ ބޭފުޅުން ކަމަށް ވުމެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާތައް ނިއުޅެމުން ދިޔައިރު ސޯޝަލް މީޑިއާގައި ނޫސްވެރިންނަށް އަމާޒުކޮށް އާއްމުވި ބައެއް ޕޯސްޓުތަކަށް ބަލާލުމުން އެންމެ ބޮޑަށް ލޮލުގައި އަޅައިގަތީ، ނޫސްވެރިކަން އަޅުވެތި ވުމުގެ އެއް ވައްތަރަކީ، "ވޮލަންޓަރީ އަޅުވެތިވުން" ކަމަށް ވިދާޅުވެ، މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ ކުރެެއްވި ޓްވީޓެވެ. އޮންލައިން ނޫހެއްގައި "ނަޝީދުގެ ފެކްޝަން ބަލިކޮށް، ރައީސަށް ބޮޑު ކާމިޔާބީއެއް" މި ސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމެއް ހިއްސާކުރައްވައި އިންތި ކުރެއްވި ޓްވީޓްގައި ނޫސްވެރިން ވަކިބަޔަކު ރުއްސަން ރިޕޯޓު ކުރާ ކަމަށް ވިދާޅުވެ ތުހުމަތުތަކެއް ކުރެއްވިއެވެ.

އިންތި ފަދަ ބޭފުޅަކު މިހެން ވިދާޅުވުމުން ހިތާމަ ކުރަމެވެ. އިންތި ނޫން ބޭފުޅަކު ވިދާޅުވިނަމަ ހާދަހާވާ ރަނަގަޅޭ ހިތަށް އެރިއެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. އިންތިއަކީ މީޑިއާގައި މަސައްކަތް ކުރެއްވި ބޭފުކެވެ. މީޑިއާގެ މަސައްކަތްތައް ވަރަށް ރަނގަޅަށް އިންތިއަށް އެނގިވަޑައިގަންނަވާނެއެވެ. ނޫސްވެރިންނަކީ ބަކި ބަޔަކު ރުއްސަން ރިޕޯޓުކުރާ ބައެއް ނޫންކަންވެސް އެނގިވަޑައިގަންނަވާނެއެވެ. ހައްގުތަކަށްކަށް ވާކާލާތު ކުރެއްވުމުގައި އިންތި ވަރުގެ ބޭފުޅަކު ނުހުންނާނެއެވެ. ނޫސްވެރިކަމުގެ މިނަވަންކަން ހޯއްދަވައި ދެއްވުމާއި ޑިމޮކްރެސީގެ އުސޫލްތަކުގައި ހިފެހެއްޓުމަށް އެންމެ ގިނައި ވަކާލާތު ކުރައްވާ ބޭފުޅަކީވެސް އިންތިއެވެ. އިންސާފަށް ކަންކަން ހިންގުމަށް ވަކާލާތު ކުރައްވާ، އެންމެ ހަރު އަޑުން ބަސް ވިދާޅުވާ ބޭފުޅަކަށްވެސް އިންތިވާނެއެވެ. އެހެންކަމުން އިންތި މިފަދަ ގޮތަކަށް ނޫސްވެރިންނަށް ތުހުމަތުތަކެއް ކުރެއްވުމުން ހަމަ ބަލައިގަންނަން ދައްޗެވެ.

ނޫސްވެރިންނަށް އިންތިގެ ނުރުހުމުގެ ބަސް އަމާޒުވީ ހެޑްލައިންގައި އޮތް އެއްޗަކުން ކަމަށް ވެދާނެއެވެ. އެހެންނަމަވެސް އެކަމުގައި ގޯހެއް ނެތެވެ. އެމްޑީޕީގައި ރައީސް ސާލިހާ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ތިބިކަން މިއި ފެންނަން އޮތް ހަގީގަތެކެވެ. ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އޮތްކަން އެންމެންނަށްވެސް އެނގެއެވެ. އެހެންކަމުން އެ ސުރުޚީގައި ގޯހެއް ނެތެވެ. ފެންނަން އޮންނަ އެއްޗަކަށް ބިނާކޮށް ރިޕޯޓު ކުރެވިދާނެއެވެ.

ޕާޓީގެ ލީޑަރާއި ޕާޓީގެ ރައީސް ވަކިވަކިން ނޫސްވެރިންނާ ބައްދަލުކޮށް ދައްކަވާ ވާހަކަފުޅުތަކުން ދެ ފެކްޝަނެއް އޮތްކަން ހާމަވެއެވެ. ސީދާ ފާޅުގައި އެހެން ވިދާޅުނުވާކަން އެކަންޏެވެ. އެތެރޭގެ އިންތިޚާބުގެ ކެމްޕެއިން ތެރެއިންވެސް ދެ ފެކްޝަނެއް އޮތްކަން ވަރަށް ސާފެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ހިނގާ ބަހުސް ތަކުގައިވެސް ރައީސް ނަޝީދުގެ ފަޅި އާއި ރައީސް ސާލިހުގެ ފަޅިއެއް އޮތްކަން އެނގެއެވެ. އިންތި، ރައީސް ނަޝީދުގެ ފަޅީގައި ހުންނެވުމުން އެ ހެޑްލައިން ބަލައިގަންނަން އުނދަގޫފުޅުވީ ކަމަށް ވެދާނެއެވެ. އަދި އެކަމާ މެއި މަހުގެ 6ގެ ހަމަލާއާ ގުޅުވައި އެއީ ސަރުކާރަށް ކާމިޔާބީއެއްތޯ ސުވާލު އުފެއްދުމުން ދެ ފަޅިއެއް އޮތްކަން އިތުރަށް ޔަގީންވެއެވެ.

ހަމަ މިފަދަ މޭރުމަކުން އިނގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުވެސް ވަނީ ނޫސްވެރިންނަކީ ޒިންމާދާރުކަން ކުޑަ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. "ބަލާލުމެއް، އަހާލުމެއް ނެތި، 'ސްޕޮންސަރުން' ފޮނުވާހާ އެއްޗެއް ނޫސްތަކުގައި ޖަހާކަށް ނުވާނެ. ނޫސްވެރިކަމުގެ ވެސް ޒިންމާތަކެއް އޮވޭ. އޮޅުވާލުމުގެ ބަދަލުގައި ތެދު ހާމަކުރައްވާ!" ވަހީދު ވިދާޅުވެފައިވަނީ މިހެންނެވެ.

ހަމަ ތިމާ ބޭނުންވާ ގޮތަށް ނޫސްވެރިން ރިޕޯޓު ނުކުރާ ކޮންމެ ފަހަރަކީ ނޫސްވެރިން ވަކި ބަޔަކަށް ވިކެނީއެއް ނޫނެވެ. ނޫސްވެރިން ތެދު ހާމަކުރުމުން އެކަން ބަލައިގަންނަވަރުގެ ގާބިލުކަމެއްވެސް ތިޔަ ބޭފުޅުންގެ ހުންނަން ޖެހެއެވެ. އަބަދު ތިމާ ބޭނުންވާ ގޮތަށް ޚަބަރުތައް ނާންނާނެކަން ގަބޫލު ކުރައްވަން ޖެހެއެވެ. ނޫސްވެރިން ހާމަކުރާނީ ހަގީގަތެވެ. ވަކި އެއްޗެއް ފޮރުވުމަށް މަސައްކަތެއް ނުކުރާނެއެވެ.

ވެރިކަމުގައި ހުންނެވީ އެމްޑީޕީގެ މެމްބަރުންގެ ތާއީދާއެކު ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. ކޯލިޝަންގެ އެންމެ ބޮޑު ޕާޓީއަކީވެސް އެމްޑީޕީއެވެ. އެހެންވީއިރު، ރައީސް ސާލިހަށް ނިސްބަތް ކުރައްވާ، މި ވެރިކަން އޮވެ ރައީސް ނަޝީދު ތޮރުފާލުމަކީ ކާމިޔާބީއެއްތޯ ސުވާލު އުފެއްދުމުން އެހާ ހަމައެއް ނުޖެހެއެވެ. އިންތިއަކީވެސް ވެރިކަން ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީގެ ހިއްސާއެއް ނޫން ތޯއެވެ؟

ކޮމެންޓް
ގުޅުންހުރި
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
ވަޒީފާގެ ބިރު ދަނީ ވަރަށް ބޮޑަށް ދައްކަމުން، އިސްދޫން އެކަނިވެސް 100ށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފި