ކ. މާލެ
|
27 ސެޕްޓެންބަރ 2021 | ހޯމަ 16:37
ޝަހުބާން
ޝަހުބާން
-
ލަވަކިޔުންތެރިޔާ ޝަހުބާން ނިޔާވުން
"ރީތި ނަލަ ނަލަ ހަނދެއް ކުރި އަލި" ފަނޑުވީ، ދިވެހީންގެ ހިތްތައް ރޮއްވާލަމުން
 
ނިޔާވިއިރު އުމުރަކީ 53 އަހަރު

"ރީތި ނަލަ ނަލަ ހަނދެއް ކުރި އަލީގައި،

     ރީތި މޫދެއްގެ ލޮނުގަނޑު މަތީގައި"

 މި ލަވައަކީ ކުރީގެ ލަވައަކަށް ވީނަމަވެސް މިއަދު ވެސް މި ލަވަ އަކީ އާންމުންގެ މެދުގައި ނުހަނު މަޤުބޫލުކަން ހޯދާފައިވާ ލަވައެކެވެ. މަޑުމައިތިރި ރާގެއްގައި މި އަސަރުގަދަ ލަވަކިޔައި, ދިވެހިންގެ ހިތްތަކުން ޖާގަ ހޯދީ މި ލަވައިގެ ހިތްގައިމު އަޑުގެ ވެރިޔާ، މއ. ތަބައްގޭ، މުޙައްމަދު ޝަހުބާނެވެ.

ޝަހުބާންއަކީ މިއުކިޒުގެ ދާއިރާއަށް އެތައް އަހަރުތަކެއް ޚިދުމަތްކޮށްދެއްވާފައިވާ ފާހަގަކޮށްލެވޭ ޚިދުމަތްތެރިއެކެވެ. ދިވެހިންގެ ހިތްތަކުން ޖާގަ ހޯދީ ވެސް އެ މަޑުމައިތިރި މިޖާޒާއެކުއެވެ. ޝަހުބާން ކުއްލިގޮތަކަށް ނިޔާވުމާގުޅިގެން މި ދާއިރާގެ އެންމެނަށް ލިބުނީ ޝޮކެކެވެ. ޝަހުބާން މިދުނިޔެއާއި ވަކިވެގެން ދިޔުމަކީ ލަވަކިޔުމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ފަނޑުކަމެއް ކަމަށް އެ ދާއިރާގައި އުޅޭ ގިނަ މީހުން ބުނެއެވެ.

އުމުރުން 53 އަހަރުގައި ޝަހުބާން މި ދުނިޔެއާ އަލްވަދާޢުކީ ދާއިރާއަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައެވެ. އެގޮތުން ލަވަ ކިޔުމާއި، ލަވަ ހެދުމާއި، ލަވަ ކިޔުންތެރިން ތަމްރީން ކުރުމުގެ އިތުރުން ފޮޓޯނެގުމުގައިވެސް ޝަހުބާންއަކީ ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ.

ޝަހުބާން އަކީ ދިވެހިރާއްޖެ ދުށް އެންމެ މޮޅު އަތުލިޔުންތެރިޔާ އަދި ކުރީގެ ދިވެހި ފައިސާ ކުރެއްސެވި މަޝްހޫރު ތަބައް އަލިފުޅުގެ ކާފަދަރިކަލެކެވެ.

މާލޭގައި 90ގެ އަހަރުތަކުގައި ބޭއްވި ގެލެކްސީ ޝޯތަކުން ދިވެހިންގެ ހިތްތަކުން ޖާގަހޯދި ޝަހުބާން އެންމެ މަޝްހޫރުވެފައިވަނީ "ރީތި ނަލަ ނަލަ ހަނދެއް ކުރި އަލީގައި" މި ލަވައިންނެވެ.

ދިވެހި ރާއްޖޭގެ އަޑުން އުފެދުނު ވޭވްސް ބޭންޑުން ނެރުނު "ހިތުކޫރު" އަލްބަމުގައި ވެސް އޭނާގެ ލަވަތައް ހިމެނެ އެވެ. އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހީމް ޢަލީ (ކުޑައިއްބެ) އެ ލަވަޔަކުން ވިދާލި, "އެދެމޭ ކަލާޔާ" މި ލަވަ ތައްޔާރުކުރުމުގައިވެސް ޝަހުބާން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
6%
0%
76%
12%
0%
6%
ކޮމެންޓް