ކ. މާލެ
|
24 ސެޕްޓެންބަރ 2021 | ހުކުރު 22:52
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
އަތޫފް އާތިފް
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު
އިތުރު 61 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އަތޮޅުތެރެއިން ޕޮޒިޓިވްވީ 24 މީހުން
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 29 މީހުން
މިހާތަނަށް 230 މީހަކު ވަނީ ބަލީގައި ނިޔާވެފައި

ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 61 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00 އިން ހުކުރު ދުވަހުގެ އިރުއޮއްސި 06:00 އާއި ހަމައަށް 3،674 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

މީގެ ތެރެއިން 61 މީހަކު ޕޮޒިޓިވްވެފައިވާކަމަށާއި، މާލެ ސަރަހައްދުން ޕޮޒިޓިވްވީ 29 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވީ 24 މީހުން ކަމަށާއި، ރިސޯޓުތަކުން ޕޮޒިޓިވްވީ 8 މީހަކު ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. މިއާއެކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވީ 84،164 މީހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 1،612 ކޭސްއެއް ގުނަމުންދެއެވެ. މީގެތެރެއިން 16 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެންނެވެ.

މިހާތަނަށް ބަލިން ފަސޭހަވެފައިވަނީ 82،309 މީހުންނެވެ. 230 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

- ކޮމެންޓް