ކ. މާލެ
|
24 ސެޕްޓެންބަރ 2021 | ހުކުރު 16:29
އެސްޓްރަޒެނެކާ ވެކްސިން އުފެއްދި ސަރާ ގިލްބަރޓް
އެސްޓްރަޒެނެކާ ވެކްސިން އުފެއްދި ސަރާ ގިލްބަރޓް
އައިޓީވީ ނިއުސް
ކޮވިޑް-19 އާދައިގެ ރޯގާއަކަށްވުން
ކޮވިޑް ދެން ވާނީ އާދައިގެ ރޯގާއަކަށް: ވެކްސިން އުފެއްދި މާހިރުން
މިހާރުވެސް އިންސާނުން ދިރިއުޅެމުން ގެންދަނީ 4 ވައްތަރެއްގެ ކޮރޯނާ ވައިރަހާއެކު
ކުރިޔަށް އޮތް ތާނުގައި ވައިރަސް ވެގެންދާނީ އާދައިގެ ރޯގާއަކަށް ކަމަށް އޮކްސްފޯޑުން ބުނޭ

ހަލުވިކަމާއިއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ވައިރަސް އިތުރަށް ނުރައްކާތެރި ވައްތަރަކަށް މިއުޓޭޓް ނުވާނެ ކަމަށާއި ކުރިޔަށް އޮތް ތަނުގައި އެ ވައިރަސް ވެގެންދާނީ އާދައިގެ ރޯގާއަކަށް ކަމަށް އޮކްސްފޯޑުގެ އެސްޓްރާޒެނެކާ ވެކްސިން އުފެއްދި ފަރާތުން ބުނެފިއެވެ.

ޕްރޮފެސަރ ސަރާ ޖިލްބާޓް ބުނީ އާބާދީގެ ތެރޭގައި ވައިރަސް އެންބުރެމުން ދާވަރަކަށް އޭގެ ބާރު ދަށްވަމުންދާކަމަށާއި، ދުވަސްކޮޅަކުން މި ވައިރަސް އާދައިގެ އަރިދަފުސް ރޯގާ ފަތުރާ ވައިރަސްއާއި އެއްވަރަކަށް ބާރު ދަށްވާނެކަމަށެވެ. މި ބައްދަލުވުމުގައި ސަރާ ގެ އިތުރުން ވާހަކަ ދެއްކި ޕްރޮފެސަރ ކްރިސް ވިޓީ ބުނީ، މުޅި އަބާދީގައި ވެކްސިން ނުޖަހާތިބި ކުޑަކުދިން ކޮންމެވެސް ހިސާބަކުން އެކުއެކީ ކަހަލަ ގޮތަކަށް ކޮވިޑަށް ފައްސިވާނޭ ކަމަށެވެ.

ރޯޔަލް ސޮސައިޓީ އޮފް މެޑިސިން ސެމިނަރގައި ވާހަކަ ދައްކަމުން ޕްރޮފެސަރ ސާރާ އިތުރަށް ބުނީ، މިހާރުވެސް އިންސާނުން ދިރިއުޅެމުން މިގެންދަނީ 4 ވައްތަރެއްގެ ކޮރޯނާ ވައިރަސް އާއިއެކު ކަމަށާއި ހަމަ މިގޮތަށް މިހާރުގެ ސާސް-ކޮވް-2 ވައިރަސް ވެސް އާދައިގެ ވައިރަސް އަކަށް މިގޮތަށް ބަދަލު ވެގެން ދާނޭކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް