ކ. މާލެ
|
24 ސެޕްޓެންބަރ 2021 | ހުކުރު 15:53
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ރާއްޖެއެމްވީ
ކޮވިޑުގައި އިތުރު މަރެއް
ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ
ނިޔާވީ އުމުރުން 46 އަހަރުގެ ދިވެހި އަންހެނެއް

ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ބުރާސްފަތި ދުވަހުގެ ދަންވަރު 03:02 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދިޔަ 46 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން 230 މީހުން ނިޔާވެފައިވާއިރު، މިއީ މި މަހު މިބަލީގައި ނިޔާވި 4 ވަނަ މީހާއެވެ.

މި ބަލީގައި އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ ހުޅުމާލޭ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ނިޔާވެފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގައެވެ.

މީގެ އިތުރުން މި މަހު 16 ގައި ގދ. އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 89 ގެ އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާއިރު، މި މަހުގެ 6 ވަނަ ދުވަހު ހުޅުމާލޭ ފެސިލިޓިގައި ފަރުވާދެމުން ދަނިކޮށް އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ވަނީ ނިޔާވެފައެވެ.


Advertisement
- ކޮމެންޓް