ކ. މާލެ
|
23 ސެޕްޓެންބަރ 2021 | ބުރާސްފަތި 22:29
މާލޭގެ އެކި ސަރަހައްދުތައް
މާލޭގެ އެކި ސަރަހައްދުތައް
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ބުދަ ދުވަހު ޕޮޒިޓިވްވީ 86 މީހުން
82،208 މީހުން ވަނީ ބަލިން ފަސޭހަވެފައި

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 82 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖެއިން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 4,172 މީހުން ބައްޔަށް ޓެސްޓު ކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން 86 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 29 މީހުންނާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 53 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 4 މީހުންނެވެ.

އިތުރު 86 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 84,103ށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 1،653ގައެވެ. އޭގެ ތެރެއިން 18 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މި ބަލީގައި 229 މީހުން ނިޔާވެފައިވާއިރު، 82،208 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ކޮވިޑްގެ 4 ވަނަ ރާޅަށްފަހު ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައެވެ. ނަމަވެސް އަދިވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަންދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.


Advertisement
- ކޮމެންޓް