ކ. މާލެ
|
23 ސެޕްޓެންބަރ 2021 | ބުރާސްފަތި 09:33
އިބްރާހިމް މުހައްމަދު ސާލިހު ޔޫއެންގައި ތަގުރީރު ކުރައްވަނީ
އިބްރާހިމް މުހައްމަދު ސާލިހު ޔޫއެންގައި ތަގުރީރު ކުރައްވަނީ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ރައީސްގެ ތަގުރީރަށް އެމްޑީޕީގެ ރައީސްގެ ޝައުގެއް ނެތް!
 
އުންމީދު ކުރެވިގެން ދިޔައި އެންމެ ފުރަތަމަވެސް ބަސް ވިދާޅުވާނީ އެމްޑީޕީގެ ރައީސް ކަމަށް
 
އެމްޑީޕީގެ ރައީސްގެ ޓްވީޓެއްހާ ހިސާބުވެސް އަދި ނުފެނޭ
 
ރައީސްގެ ތަގުރީރުގައި މުހިއްމު އެތައް ކަމަކަށް އަލި އަޅުވާލެއްވި

އަންގާރަ ދުވަހުގެރޭ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގައި ދެއްވި ތަގުރީރަކީ ހުރިހާ ގޮތަކުންވެސް ދިވެހިންނަށް ޚާއްސަ ތަގުރީރެކެވެ. އެ ތަގުރީރަށް އެތައް ބައެއްގެ ތައުރީފު އަންނަނީ އޮހެމުންނެވެ. ރައިސް ސާލިހު ވެގެން ގޮސްފައި މިވަނީ ދިވެހިންގެ މާދަރީ ބަހުން އާއްމު މަޖިލީހުގައި މުޅި ތަގުރީރު ދެއްވި ރާއްޖޭގެ ފުރަތަމަ ރައީސަށެވެ.

ރައީސް ސާލިހު ދިވެހި ބަހުން ދެއްވި މި ތަގުރީރަށް ދުނިޔޭގެ ގައުމުތަކުންވެސް ތައުރީފް ކުރަމުން އަންނައިރު ދިވެހިންނަށް މި ތަގުރީރު ޚާއްސަ ވަނީ ދިވެހި ބަހުން ތަގުރީރު ކުރެއްވުމުންނެވެ. އަދި އުންމީދުކޮށްގެން ތިބި އެތައް ވާހަކަތަކެއްވެއް އަޑުއިވުމުންނެވެ. އަދި ރައީސް ތަގުރީރު ދެއްވިއިރު އާއްމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ރާއްޖޭގެ ފޮރިން މިނިސްޓަރ އިންނެވުމުންނެވެ.

ރައީސްގެ ތަގުރީރުގައި މުހިއްމު އެތައް ކަމަކަށް އަލި އަޅުއްވާލެއްވިއެވެ. މުސުމާބެހޭ މައްސަލަތަކާއި، ޓެރަރިޒަމާ ދެކޮޅަށް ވިދާޅުވި ބަސްފުޅުތަކަކީ މަޖިލީހުގައި ގިނަ ގައުމުތަކުން ދައްކަން ފަސްޖެހުނު ވާހަކަތަކެވެ. މި ތަގުރީރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައީ މި ސަބަބާހުރެއެވެ.

ރައީސްގެ ތަގުރީރުގައި މޫސުމާބެހޭ ގިނަ ކަންކަމަށް އަލި އަޅުއްވާލެއްވުމުން އުންމީދު ކުރެވިގެން ދިޔައީ އެންމެ ފުރަތަމަވެސް މިކަމަށް ތައުރީފުކޮށް ބަސް ވިދާޅުވާނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމުގައެވެ. އެކި ގައުމުތަކުގެ ތައުރީފު ރައީސް ސާލިހުގެ ތަގުރީރަށް އޮހެމުން އަންނައިރު އެމްޑީޕީގެ ރައީސްގެ ޓްވީޓެއްހާ ހިސާބުވެސް އަދި ނުފެނެއެވެ. އެހެން ފަހަރު ފަހަރު ކަންކަމުގައި އެންމެ ފުރަތަމަ ބަސްވިދާޅުވާ ބޭފުޅަކީވެސް އެމަނިކުފާނެވެ. ޚާއްސަކޮށް މޫސުމީ ކަންކަމުގައި ބޭބޭފުޅުން ވިދާޅުވާ ބަސްފުޅުތަކަށް ކުރައްވާ ތައުރީފުގެ ޓްވީޓްތައް އެމަނިކުފާނުގެ ޓްވީޓަރ ފީޑުން ފެންނާނެއެވެ. އެހެންނަމަވެސް ރާއްޖެ ފަޚުރުވެރިވާފަދަ ވާހަކަފުޅުތަކެއް ދައްކަވައި، ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ މި ދަނޑިވަޅުގައި ރައީސް ނަޝީދު ހަމަ އެކައްޗެކޭވެސް ވިދާޅުއް ނުވެއެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ވާދަވެރިކަމާއެކު އެމްޑީޕީގެ ތެރޭގައި މިވަގުތު އޮތް ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުންގެ ފަރާތުން ރައީސް ސާލިހުގެ ތަގުރީރާ ގުޅޭ އެއްވެސް ކޮމެންޓެއް ކުރި ތަނެއް ނުފެނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ރައީސް ސާލިހުގެ ފެކްޝަނަށް ތާއީދު ކުރައްވާ ބޭފުޅުން، މިތަގުރީރަށް ތަޢުރީފުކޮށް، ރައީސް ސާލިހަށް ތަހުނިޔާ އަރިސް ކުރެއްވި ނަމަވެސް، ޕާލަމެންޓްރީ ގްރޫޕްގައި ތިއްބަވާ، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ގިނަ ބޭފުޅުންގެ ފަރާތުން މިފަދަ އެއްވެސް ވާހަކަފުޅެއް އިވިގެން ގޮސްފައި ނުވެއެވެ.

މިކަން މިހެން ފާހަގަވެގެން ދިޔައީވެސް އެމްޑީޕީއަކީ އެ ޕާޓީގެ މެމްބަރުންގެ ކުރައްވާ ކަންކަން ވަރަށް ފުރިހަމައަށް ފާހގަކޮށް ތައުރީފުކުރާ ޕާޓީއަކަށްވީމައެވެ. ޚާއްސަކޮށް މިކަހަލަ ކަންކަމަކީ، އެ ޕާޓީގެ މެމްބަރުން މުޅި ޓްވިޓަރ "ފްލަޑް" ކޮށްލާ ކަންކަމެވެ. ކޮންމެއަކަސް މިފަހަރު ފެނުނީ އެ މަންޒަރެއް ނޫނެވެ. ރައީސް ތަގުރީރު ކުރެއްވިކަން އެނގިވަޑައިވެސް ނުގެންނެވީއެވެ. ޕާޓީގެ ފަރާތުން އެއްވެސް އެއްޗެއް މިކަމާ ގުޅުވައިގެން ވިދާޅުނުވުމުން ރާއްޖެއެމްވީން އެމްޑީޕީގެ ޗެއަރޕަރސަން ޙަސަން ލަޠީފަށް ގުޅައި ކޮމެންޓެއް ހޯދީއެވެ. ވިދާޅުވީ، ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވުމަކީ އެކަމާ އެމްޑީޕީން އުފާ ކުރާކަމެއް ކަމަށާއި، އަބަދުވެސް ދެކެން ބޭނުންވި މަންޒަރެއް ކަމަށެވެ.

އދ.ގެ އާންމު މަޖިލީހުގައި މުޅި ދިވެހިރާއްޖެ ތަމްސީލު ކޮށްދެއްވައި، ދިވެހި ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ތަމްސީލް ކޮށްދެއްވީތީ އެކަމަށްޓަކައި ޝުުކުރުވެރިވާ ކަމަށް ޗެއަރޕަރސަން ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސްގެ ވާހަކަފުޅު ވަރަށް ފުރިހަމަ ކަމަށާއި، ފާހަގަކުރެއްވި ހުރިހާ ކަމަކަށް ތާއީދުކުރާ ކަމަށެވެ.

ހުރިހާ ކަމެއްގައި އިސްވް ބަސްބުނާ ޕާޓީއަށް ގުޅައިގެން ކޮމެންޓް ހޯދަން ޖެހުމުން ބުނެދެނީ ވަރަށް ގިނަ ވާހަކަތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
14%
0%
0%
43%
43%
0%
ކޮމެންޓް
23 ސެޕްޓެންބަރ 2021 | ބުރާސްފަތި 12:24
ގަޅިބެ
އޑޕ ރައީސް އޭކިޔާފަތިދައްކަނީ މލ ގެ ވާހަކަ
23 ސެޕްޓެންބަރ 2021 | ބުރާސްފަތި 10:55
ismail fathi
ކޮން ބައެއްގެ ތައުރީފެއްތޯ އޮހެމުންދަނީ