ކ. މާލެ
|
20 ސެޕްޓެންބަރ 2021 | ހޯމަ 07:04
ކޮވިޑް-19 ވެކްސިން ޖެހުން
ކޮވިޑް-19 ވެކްސިން ޖެހުން
ރައީސް އޮފީސް
ކޮވިޑް-19 ވެކްސިން ޖެހުން
އިތުރު 1،099 މީހަކު ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފި
 
1،099 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި
 
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ 293 މީހުން

ހޮނިހިރު ދުވަހު 1،392 މީހުން ވެކްސިން ޖަހާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން ހޮނިހިރު ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 293 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 54 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖެހި 239 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ވަނީ 390،965 އަށް ވަނީ އަރާފައެވެ.

ހޮނިހިރު ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ 1،099 މީހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 113 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖެހި 986 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ 331،405 އަށް ވަނީ އަރާފައެވެ.

އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށް ސަރުކާރުން ވަނީ ވެކްސިނޭޝަން ޕްރޮގްރާމެއް ފަށާފައެވެ. އެހެންނަމަވެސް އޮގަސްޓު މަސް ނިމުމުގެ ކުރިން ސަރުކާރުން ކަނޑައެޅި އަމާޒަށް ވާސިލްވެވިފައެއް ނުވެއެވެ. އެހެންކަމުން އަދިވެސް މި ވެކްސިނޭޝަން ޕްރޮގްރާމް ދަނީ ކުރިއަށެވެ. 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދެމުންދާއިރު، 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ދޭން ވަނީ ފަށާފައެވެ. އަދި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށް ވެސް ފައިޒަރ ވެކްސިން ދޭން ވަނީ ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް