ފާއިތުވި 24 ގަޑިއިރު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 82 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00 އިން އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00 އާ ދެމެދު 4،698 ސާމްޕަލްއެއް ވަނީ ޓެސްޓުކޮށްފައެވެ. މީގެތެރެއިން ޕޮޒިޓިވްވެފައިވަނީ 82 ސާމްޕަލްއެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 29 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 47 މީހުންނެވެ. އަދި ރިސޯޓުތަކުން ޕޮޒިޓިވްވި 6 މީހުންނެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ރާއްޖެއިން ރެކޯޑުކުރެވުނު މީހުންގެ ޖުމްލަ އަދަދު 83،576 އަށް އަރާފައިވާ ކަމަށެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ބަލިން ފަސޭހަވެފައިވަނީ 81،671 މީހުންނެވެ.
އެކްޓިވް ކޭހުގެ ގޮތުގައި 1،663 ކޭސް ގުނަމުންދެއެވެ. އަދި 21 މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވެފައިވަނީ 229 މީހުންނެވެ.
އާދިއްތަ ދުވަހު ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދު 100 އިން ދަށުގައިވާއިރު، ހޮނިހިރު ދުވަހު ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ 162 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 49 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 106 މީހުން އަދި ރިސޯޓުތަކުން ޕޮޒިޓިވްވި 06 މީހުންނެވެ.