ކ. މާލެ
|
19 ސެޕްޓެންބަރ 2021 | އާދީއްތަ 15:00
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ބައެއް މީހުން
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ބައެއް މީހުން
މުހައްމަދު ޝަރުހާން
ޔާމީން ރަޝީދުގެ މަރު
ޔާމީން ރަޝީދުގެ މަރު: ހައިޝަމްގެ ބޮޑީ އިންސްޕެކްޝަން ދޫކޮށްލީ ކީއްވެތޯ ދައުލަތަށް ސުވާލެއް
 
ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ބައި މިހާރު ވަނީ ނިމިފައި
 
އަތްތިލައިގެ "ޕާމް ކޮމްޕެރިޒަން" ހަދާފައި ނުވަނީ ކީއްވެތޯ ދިފާއުން ސުވާލުކޮށްފައިވޭ
 
ހައިޝަމްއާއި ޒިހާނުގެ އިތުރުން، ޝިފާޒްގެ ފަރާތުންވެސް ހެއްކާ ގުޅޭގޮތުން ވާހަކަދެއްކި

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ދައުވާލިބޭ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދުގެ "ބޮޑީ އިންސްޕެކްޝަން" އާ ގުޅޭ މުހިއްމު ކަންތައްތަކެއް ދޫކޮށްލާފައިވަނީ ކީއްވެތޯ ދިފާއުން ސުވާލު އުފައްދައިފިއެވެ.

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައި ވަނީ ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. މި މައްސަލައިގައި ދައުލަތުން ހެއްކާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާއިރު، ދައުވާލިބޭ ބައެއް ފަރާތްތަކުންވެސް ވަނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.

އާދިއްތަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ދައުވާލިބޭ ހައިޝަމްއާއި ޒިހާނުގެ އިތުރުން، ޝިފާޒްގެ ފަރާތުން ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ބައެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އެ 3 މީހުންގެ ދިފާއީ ވަކީލު ވިދާޅުވީ، ހެކިބަހަކީ ހުވާކޮށް، ފަނޑިޔާރެއްގެ ކުރިމަތީގައި ވާ އެއްޗަކަށްވާއިރު، ތަހުގީގަށް ދީފައިވާ ބަޔާނަކީ ހެކިބަހެއް ގޮތުގައި ބަލައިގެން ނުވާނެ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ބައެއް ސިއްރު ހެކިން ހިމެނޭއިރު، އެއީ ކާކުކަން އެނގޭގޮތަށް ހުރި ބައިތައް އުނި ކުރުމަށްފަހު، އެ ފަރާތްތަކުގެ ހެކިބަސްތައް ހިއްސާ ކޮށްދެއްވުމަށް ދިފާއުން އެދިފައިވެއެވެ.

އޭގެ އިތުރުން، މި މައްސަލައިގެ ދައުވާލިބޭ ހައިޝަމްގެ އަތްތިލައިގެ "ޕާމް ކޮމްޕެރިޒަން" ހަދާފައި ނުވަނީ ކީއްވެތޯ ދިފާއުން ސުވާލުކޮށްފައިވެއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، ހާދިސާ ހިނގި ސަރަހައްދުގައި ހުރި ކެމެރާއެއްގެ މައްޗަށް އަރާފައިވަނީ ހައިޝަމްގެ އަތްތިލަކަމަށް ބުނެ ހުށައަޅާފައިވީނަމަވެސް، އެކަން ޔަގީން ކުރުމަށް ޕާމް ކޮމްޕެރިޒަން ހަދާފައިނުވާތީ އެކަމާމެދު ސުވާލު އުފެދުމެވެ.

ދިފާއީ ވަކީލު އިތުރަށް ވިދާޅުވީ، ހައިޝަމްގެ ހަށިގަނޑުގައި ހުރި އަނިޔާތަކަކީ ޔާމީން ރަޝީދަށް ހަމަލާ ދިން އިރު ދިފާއުވާން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކެއްކަމަށް ދައުލަތުން ބުނި ނަމަވެސް، އެ އަނިޔާތަކަކީ ފުލުހުން އޭނާއަށް ކޮށްފައިވާ އަނިޔާ ކަމަށެވެ. އަދި ދައުލަތުން ބުނާ ބުނުން އިތުރަށް ޔަގީން ކުރުމަށްޓަކައި "ނެއިލް ކްލިޕިންގ" ނެގެން އޮއްވައި، އެ ސާމްޕަލް ނުނަގައި ދޫކޮށްލާފައިވަނީ ކީއްވެތޯވެސް ދިފާއީ ވަކީލު ސުވާލު އުފައްދާފައިވެއެވެ. ޖުމުލަ ގޮތެއްގައި ހައިޝަމްގެ ބޮޑީ އިންސްޕެކްޝަނާއި ގުޅޭ މުހިއްމު ކަންތައްތަކެއް ދައުލަތުން ދޫކޮށްލާފައިވާކަމަށް ބުނެ، އެ ސުވާލު ދިފާއުން ވަނީ ދައުލަތަށް އަމާޒުކޮށްފައެވެ.

މި މައްސަލައިގައި މިހާރު ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ބައި ވަނީ ނިމިފައެވެ. އެގޮތުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އަންނަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ 09:00 ގައި ޔާމީން ރަޝީދުގެ ވާރިސުންގެ ބަހެއް ނެގުމަށް އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ. އެއަށްފަހު ނޮވެމްބަރު މަސް ތެރޭގައި މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވެވުމަށް އަޑުއެހުމެއް އޮންނާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
60%
0%
0%
10%
20%
10%
ކޮމެންޓް
20 ސެޕްޓެންބަރ 2021 | ހޯމަ 08:57
ސީމާ
ރޭވިގެންކުރާ ކަންތަކުގެ ކޮޅެއްމެދެއް ނުފެންނާނެ.ޙެކިހޯދަން އޯޓިޒަމް ކުދިން އުޅެނީ.އުޅެއުޅެ ކުރަލާއިރު މުހިއްމުކަންތައް ދޫކޮށްލީމަ ކޮންމެވެސް ބަޔަކު ޒިންމާވާންޖެހޭ.
19 ސެޕްޓެންބަރ 2021 | އާދީއްތަ 20:21
މޫސަާ
ކޮބާހެއްޔޭ ދީނަށް ފުރައްސާރަކުރާ މީހުންނާއި، ރޭޕު ކުރާ މީހުންނާއި، މަސްތުވެގެން ބިރަކާއިނުލާ މަޖާކުރާ މީހުންތައް؟ ބަލަ ލޮލީ ޖާބިރު ހައްޔަރުކޮށްލާނެ ފުލުހެއްވެސް މި ގައުމުގައި ހަމަ ނެތީތަ؟
ގުޅުންހުރި
ކްރިމިނަލް ކޯޓު އިމާރަތް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ މަސައްކަތްތައް ވަނީ ފެށިފައި: ޑީޖޭއޭ
އިޒްރޭލުގެ ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރ ހައްޔަރު ކުރަން އައިސީސީ އަށް ހުށަހެޅުމުން ބައިނަލް އަގްވާމީ މުޖްތަމައުން ތާއީދު ކޮށްފި
އިޖުތިމާއީ މިންގަނޑާ ޚިލާފަށް ޓިކްޓޮކްގައި ވީޑިއޯ އާންމުކުރަމުންދިޔަ ނަބީލްގެ ބަންދަށް އިތުރު 15 ދުވަސް
ނަތަންޔާހޫ އާއި އޭނާގެ ޑިފެންސް މިނިސްޓަރ ހައްޔަރު ކުރަން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އުޅޭތީ އެމެރިކާގެ ރައީސް ކޯފާވެއްޖެ
ބައްސާމަށް ކުށް ސާބިތުނުވަނީސް އޭނާ ކުށްވެރިއަކަށް ހަދައި ވާހަކަނުދެއްކުމަށް ކޯޓުން އަންގައިފި
ޝަރީއަތް ނިމެންދެން ބައްސާމްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކޮށްފި
4 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހާ އިތުރު 30 ދުވަހަށް ބަންދުކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި