ކ. މާލެ
|
18 ސެޕްޓެންބަރ 2021 | ހޮނިހިރު 22:37
އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން އަންނާނެކަމަށް މިނިސްޓަރު ވަނީ އަންދާޒާ ކުރައްވާފައި
އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން އަންނާނެކަމަށް މިނިސްޓަރު ވަނީ އަންދާޒާ ކުރައްވާފައި
ރާއްޖެ އެމްވީ
ފަތުރުވެރިން އަންނަ މިންވަރު
އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން އަންނާނެ - މައުސޫމް
އެމްއެމްއޭއިން ބުނެފައިވަނީ އަންނަ އަހަރު އަންނާނީ 1.4 މިލިއަން ފަތުރުވެރިން ކަމަށް
ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ 1.2 މިލިޔަން ފަތުރުވެރިން އަންނާނެ ކަމަށް

އަންނަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ އެމްއެމްއޭއިން ނެރެފައިވާ ތަފާސްހިސާބުތަކާއި ގުޅިގެންނެވެ. މިނިސްޓަރ ވިދާޅުވީ އެމްއެމްއޭއިން ލަފާ ކޮށްފައިވަނީ 1.4 މިލިއަން ފަތުރުވެރިން އަންނަ އަހަރު ރާއްޖެ އަންނާނެ ކަމަށާއި، އެހެންނަމަވެސް މިނިސްޓަރުގެ ލަފަޔަކީ 2 މިލިއަން ފަތުރުވެރިން ކަމަށެވެ. އަދި 13.5 މިލިއަން ބެޑް ނައިޓްސް ހިމެނޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ މިނިސްޓަރ ވިދާޅުވީ 2 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ގަބޫލުކުރައްވަނީ އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބިލް ކަމަށް ވާތީ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ފިސްކަލް އަދި ޑެޓް ސްޓްރެޓަޖީ 2022-2024 ބުނާ ގޮތުން 2021 ވަނަ އަހަރު ބެސްޓް ކޭސްގައި އަންނާނެކަމަކަށް ލަފާކޮށްފައިވަނީ 1.2 މިލިއަން ފަތުރުވެރިންނެވެ. އަދި މޮޑަރޭޓް ކޭސްގައި 1.1 ފަތުރުވެރިން އަންނާނެކަމަށް ލަފާކޮށްފައިވާ އިރު، ވަރސްޓް ކޭސްގައި އަންނާނެކަމަށް ލަފާކޮށްފައިވަނީ 974،701 ފަތުރުވެރިންނެވެ.

މި އަންދާޒާތައް ދައްކާގޮތުން އަންނަ އަހަރު ބެސްޓް ކޭސްގައި އަންނާނެކަމަށް ލަފާކޮށްފައިވަނީ 1.61 މިލިއަން ފަތުރުވެރިންނެވެ. އަދި މޮޑަރޭޓް ކޭސްގައި 1.48 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ލަފާކޮށްފައިވާ އިރު، ވަރސްޓް ކޭސްފައި އަންނާނެކަމަށް ލަފާކޮށްފައިވަނީ 1.36 މިލިއަން ފަތުރުވެރިންނެވެ.

2023 ވަނަ އަހަރު 1.98 މިލިއަން ފަތުރުވެރިން ބެސްޓް ކޭސްގައި އަންނާނެކަމަށް ލަފާކޮށްފައިވާ އިރު، މޮޑަރޭޓް ކޭސްގައި އަންނާނެ ކަމަށް ލަފާކޮށްފައިވަނީ 1.81 މިލިއަން ފަތުރުވެރިންނެވެ. އަދި ވަރސްޓް ކޭސްގައި އަންނާނެ ކަމަށް ލަފާކޮށްފައިވަނީ 1.65 މިލިއަން ފަތުރުވެރިންނެވެ.

2024 ވަނަ އަހަރު ބެސްޓް ކޭސްގައި 2.31 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ލަފާކޮށްފައިވާ އިރު، މޮޑަރޭޓް ކޭސްގައި 2.11 މިލިއަން ފަތުރުވެރިން އަދި 1.92 މިލިއަން ފަތުރުވެރިން ވަރސްޓް ކޭސްގައި އަންނާނެކަމަށް ވަނީ ލަފާކޮށްފައެވެ.

- ކޮމެންޓް