ކ. މާލެ
|
17 ސެޕްޓެންބަރ 2021 | ހުކުރު 22:39
ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް ހާލަތު
ހުކުރު ދުވަހު ކޮވިޑަށް ޕޮޒިޓިވްވީ 84 މީހުން
އަތޮޅުތެރެއިންނާއި މާލެ ސަރަހައްދުން ޕޮޒިޓިވްވީ 37 މީހުން
18 މީހުންނަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ގެންދަނީ ފަރުވާދެމުން
229 މީހަކު ވަނީ ބަލީގައި ނިޔާވެފައި

އިތުރު 84 މީހުން ކޮވިޑް-19އަށް އަލަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އިން ހުކުރު ދުވަހުގެ އިރުއޮއްސި 6:00އާ ދެމެދު 3،109 ސާމްޕަލްއެއް ޓެސްޓުކޮށްފައިވާ ކަމަށެވެ. މި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 84 މީހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވި 37 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 37 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 09 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 83،332 އަށް އަރާފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 1،686 ކޭސް އެބަހުރި ކަމަށެވެ. މީގެ ތެރެއިން ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 18 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މީގެ އިތުރުން މިހާތަނަށް ބަލިން ފަސޭހަވެފައިވަނީ 81،404 މީހުން ކަމަށާއި، 229 މީހަކު ބަލީގައި ނިޔާވެފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮވިޑް-19ގެ ކޭސްތައް 100 އިން މަތިން ފެނުމަށްފަހު މިހާރަކަށް އައިސް ކޭސްތަކުގެ އަދަދު ވަނީ ދަށަށް ދާން ފަށާފައެވެ. ބުރާސްފަތި ދުވަހުވެސް މުޅި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ 86 މީހެކެވެ. ބުދަ ދުވަހުވެސް ބައްޔަށް ޕޮޒިޓިވްވީ 92 މީހުންނެވެ.


Advertisement
- ކޮމެންޓް