Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2021 | ބުރާސްފަތި 21:32
ރަސްފަންނު ސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
ރަސްފަންނު ސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
ރަސްފަންނު މޫދަށް ތެޔޮ ޖަމާވުން
ރަސްފަންނު ސަރަހައްދުގެ މޫދަށް ތެޔޮ ޖަމާވާން ފަށައިފި
އެމްއެންޑީއެފުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން
މިއީ ކިހިނެއް ޖަމާވާ ތެލެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވޭ

ރަސްފަންނު ސަރަހައްދުގެ މޫދަށް ތެޔޮ ޖަމާވަމުންދާތީ އެމްއެންޑީއެފުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

Advertisement

އެމްއެންޑީއެފުން ބުނީ ރަސްފަންނު ސަރަހައްދުގެ މޫދަށް ތެޔޮ ޖަމާވަމުންދާކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:30 އެހާއިރު ކަމަށެވެ.

ރަސްފަންނު ސަރަހައްދުގެ މޫދަށް ތެޔޮ ޖަމާވެފައި - އެމްއެންޑީއެފް

މިކަމުގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓް ގާރޑް ޑައިވިންގ ޔުނިޓުގެ ޑައިވަރުން މި ސަރަހައްދު ސާފު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގީ ކޮން ސަބަބަކާ ހުރެ ކަމެއް އެމްއެންޑީއެފުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި މި ސަރަހައްދު މޫދަށް ތެޔޮ ލީކުވެފައިވާތީ މިވަގުތު މި ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް