ކަންކަމުގައި އިދިކޮޅަށް ވާހަކަ ދެއްކެވި ނަމަވެސް ވެކްސިން ނުޖަހާނަމޭ ބުނުން ފަދަ ވާހަކަތަކަކީ މީހުން ދައްކަންޖެހޭ ޒާތުގެ ވާހަކަ ކަމަށް ބަލައި ނުގަންނަ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ. ނަސީމް އެހެން ވިދާޅުވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ކަންކަން ގޮސްފައި އޮތް ހިސާބުގެ މައުލޫމާތު ދެއްވަމުން ގެންދަވަނިކޮށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އާދަމް ޝަރީފު ސުވާލަށް ޖަވާބު ދެއްވަމުން ދެއްކެވި ވާހަކައިގައި މިނިސްޓަރ ވިދާޅުވީ މިސާލަކަށް ވެކްސިން ނުޖަހާނަމޭ ބުނުމުން މީހާ ބަދަލުވަނީ އެހެން މީހަކަށް ކަމަށެވެ. އަދި އޭރުން މީހާ ބަދަލުވެގެންދަނީ ބަލި ފެތުރުމަށް ވާގިދޭ މީހަކަށް ކަމަށެވެ.
އާދަމް ޝަރީފް އުމަރު މިނިސްޓަރ ނަސީމަށް އަމާޒު ކުރެއްވި ސުވާލުގައި ބުނަނީ މަސްތުވާތަކެތިން މުޖްތަމައު ސަލާމަތް ކުރުމުގެ ނަމުގައި މިސަރުކާރުން ހިންގަން ޕްލޭން ކޮށްފައިވާ ޕްރޮގުރާމްތައް މި ސަރުކާރު ބަދަލުވިޔަސް ހިންގޭނެ ގޮތަށް އޮތް ޕޮރޮގްރާމަކަށް ވާނެތޯއެވެ. އަދި އެސުވާލު މިނިސްޓަރާ ކުރައްވަން ޖެހޭ ސަބަބެއް ކަމަށް އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް އަލުން އަންނާނެ ކަމަށް އޭނާއަށް ގަބޫލުކުރައްވަން ދަތިފުޅު ކަމަކަށް ވުމުން ކަމަށެވެ.
ސީދާ އެސުވާލުގެ ޖަވާބު މިނިސްޓަރ ނަސީމް ދެއްވީ ކުރުކޮށެވެ. ވިދާޅުވީ މި ސަރުކާރުން ކުރާ ކަމެއް ކުރާނީ ދިގު މުއްދަތަށް ކުރިޔަށް ގެންދެވޭނެ ގޮތަށް ކަމަށެވެ. މިޖަވާބުގެ އިތުރުން ބައެއް ވާހަކަ މިނިސްޓަރ ދެއްކެވިއެވެ
އެއްބައި ސަރުކާރުތަކުން ޑްރަގުގެ ކަންތައްތަކުގައި އެހާބޮޑު އަހަމިއްޔަތުކަމެއް ނުދެވޭ. ނޫނިއްޔާ އެ ވިއްކިޔަސް އޯކޭ ކަމަށް ވެފައި އޮންނަނީމިނިސްޓަރ ނަސީމް
މިސަރުކާރުން ޑްރަގްގެ ކަންތައްތަކުގައި ވިއްކިޔަސް އޯކޭ ގޮތް އެއީ ކަމުދާގޮތަށް ދެކިގެން ނުތިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޑްރަގްގެ މައްސަލައަކީ ވަބާއެއް ގޮތުގައި މިނިސްޓަރ ސިފަ ކުރެއްވިއެވެ. އެކަމުން މުޅިގައުމު ސަލާމަތް ކުރުމަށް ކުރަންޖެހޭ ކަންކަން އެންމެން ގުޅިގެން ކުރަންޖެހޭކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.