ކ. މާލެ
|
15 ސެޕްޓެންބަރ 2021 | ބުދަ 22:36
އީސީގެ ރައީސް ކަމަށް ފުއާދު ތައުފީޤު
އީސީގެ ރައީސް ކަމަށް ފުއާދު ތައުފީޤު
ރާއްޖެއެމްވީ
އީސީގެ ރައީސް
އީސީގެ ރައީސަކަށް ފުއާދު!
ފުއާދަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް
ރައީސަކަށް އައްޔަނު ކުރިއިރު ފުއާދު ހުންނެވީ އެކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ކަމަށް ފުއާދު ތައުފީޤު އައްޔަނުކޮށްފިއެވެ.

ކޮމިޝަންގެ ރައީސްގެ މަގާމު ހުސްވެގެން ދިޔައީ 2018ގެ ރިޔާސީ އިންތިޚާބުން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދެވި އަޙުމަދު ޝަރީފު ކޮމިޝަނުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އީސީން ބުނީ ބުދަ ދުވަހު ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ކޮމިޝަނުގެ މެންބަރުންގެ އިއްތިފާޤުން ފުއާދު އައްޔަނުކޮށްފައިވާ ކަމަށެވެ. ރައީސް މަގާމަށް އައްޔަނު ކުރިއިރު ފުއާދު ހުންނެވީ އެކޮމިޝަންގެ މެމްބަރެއްގެ ގޮތުގައެވެ.

ފުއާދަކީ މީގެކުރިން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ސޫމޯޓޯ މައްސަލައެއްގައި ފުއާދުގެ މައްޗަށް 2014ވަނަ އަހަރުގެ މާޗް 9ވަނަ ދުވަހު ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވުނެވެ. ޖަލަށް ލާން ހުކުމް ކުރި ނަމަވެސް، ސުޕްރީމް ކޯޓުން ހުކުމް ތަންފީޒް ކުރުން ތިން އަހަރަށް ފަސް ކުރިއެވެ. ފުއާދުގެ މައްޗަށް ސަސްޕެންޑެޑް ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ވެސް އޭނާ އަށް ގެއްލިފައިވާ ކަމަށް ހުކުމް ކުރިއެވެ. ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމަށް، ފުއާދުއާއެކު އޭރުގެ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަޙުމަދު ފަޔާޒުގެ ޝަރުތު ހަމަނުވާ ކަމަށްވެސް އެ ހުކުމްގައިވެއެވެ.

ކޮމިޝަންގައި ދެން ތިއްބެވީ އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބާއި, މެންބަރު ޢަލީ ނަޝާތުއާއި, މެންބަރު ޑރ. މުހައްމަދު ޒާހިރުއާއި، މެންބަރު ކަމަށް ދާދި ފަހުން އައްޔަން ކުރެއްވި މުޙައްމަދު ޢާޞިފްއެވެ.


Advertisement
- ކޮމެންޓް