ކ. މާލެ
|
12 ސެޕްޓެންބަރ 2021 | އާދީއްތަ 09:41
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ވެކްސިން ޖެހުން
ހުކުރު ދުވަހު ދެވަނަ ޑޯޒް ޖެހީ 1،019 މީހުން
ކުރު ދުވަހު 246 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 315،029 އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ހުކުރު ދުވަހު 1،019 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. އެއީ އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންނެވެ.

މީގެ އިތުރުން ހުކުރު ދުވަހު 246 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެއީ އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 388،299 އަރާފައެވެ.

ވެކްސިން ނުޖަހާ މީހުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް ސަރުކާރުން ގެންދަނީ ގޮވާލަމުންނެވެ. އެގޮތުން އާބާދީގެ ގިނަ ބަޔަކު ވެކްސިންޖަހައި ނިންމުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން މިހާރު ވެކްސިނޭޝަން ޕްރޮގްރާމެއް ވެސް ކުރިއަށްގެންދެއެވެ. މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޮފާރމްއާއި އެސްޓްރާޒެނެކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރުވަނީ ފައިޒަރ ވެކްސިންދޭން ފަށާފައެވެ.

މި ފަހުން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 18 އަހަރުން މަތީގެ 30 ހާސް މީހުން ވެކްސިން ނުޖަހާ އެބަތިބި ކަމަށެވެ. ވެކްސިން ނުޖަހާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.


Advertisement
- ކޮމެންޓް