Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2021 | ބުރާސްފަތި 07:20
އޭވިއޭޝަން ދާއިރާގެ ޚިދުމަތްތެރިއެއް ކަމަށްވާ އަހުމަދު ފަޔާޒު،
އޭވިއޭޝަން ދާއިރާގެ ޚިދުމަތްތެރިއެއް ކަމަށްވާ އަހުމަދު ފަޔާޒު،
ސޯޝަލް މީޑިއާ
ފަޔާ ނިޔާވުން
އޭވިއޭޝަން ދާއިރާގެ ޚިދުމަތްތެރިއެއް ކަމަށްވާ ފަޔާ ކުއްލި ގޮތަކަށް ނިޔާވެއްޖެ
އެމްއޭސީއެލްގައި ވަރަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި
ފަޔާ އަކީ ކުޅަދާނަ ފަޔާފައިޓަރެއް
ފާހަގަކޮށްލެވޭ ބާސްކެޓްބޯޅަ ކުޅުންތެރިއެއް

އޭވިއޭޝަން ދާއިރާގެ ޚިދުމަތްތެރިއެއް ކަމަށްވާ އަހުމަދު ފަޔާޒު (ފަޔާ) ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ރީޖަނަލް އެއާޕޯޓްސްގެ ސޭފްޓީ އެންޑް ކޮލިޓީ ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޔާ ނިޔާވީ ކުންފުނީގެ ރަސްމީ މަސައްކަތެއްގައި ހއ. ހޯރަފުށީގައި ހުންނަވަނިކޮށް ބުދަ ދުވަހުގެ ރޭ ވަގުތެއްގައެވެ.

Advertisement

އެމްއޭސީއެލްގައި ވަރަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ފަޔާއަކީ ކުޅަދާނަ ފަޔާފައިޓަރެކެވެ. އަދި އޭނާއަކީ ފާހަގަކޮށްލެވޭ ބާސްކެޓްބޯޅަ ކުޅުންތެރިއެކެވެ.

ފަޔާ ނިޔާވުމާ ގުޅިގެން ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، ފަޔާޒް ނިޔާވުމުގެ ހިތާމައިގައި މުޅި ހޯރަފުށި ބައިވެރިވާ ކަމަށެވެ. ފަޔާޒަކީ ހިތްހެޔޮ، އަދި އެތައް ބައެއްގެ ގާތް އެކުވެރިއެއް ކަމަށް ވެސް މެމްބަރު ސަލީމް ވިދާޅުވިއެވެ.

ފަޔާ ނިޔާވުމާ ގުޅިގެން ފްލައިޓެއް ޗާޓަރުކޮށް ބުދަ ދުވަހު ރޭގެ ދަންވަރު އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް