ކ. މާލެ
|
3 ސެޕްޓެންބަރ 2021 | ހުކުރު 11:05
މާފުށި ޖަލު
މާފުށި ޖަލު
ޓްވިޓަރ
މާފުށި ޖަލުގެ އޮފިސަރަކު ޕޮޒިޓިވްވުން
މާފުށި ޖަލު ކުއްލި ހާލަތަށް ގެނެސްފި
ޖަލު އޮފިސަރަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި
މިހާރު ކުރިއަށްދަނީ ބަލި ފެތުރިފައި އޮތް މިންވަރު ދެނެގަތުމުގެ މަސައްކަތް
އާންމު ހާލަތަށް ގެންނާނީ ބަލި ނެތްކަން ކަށަވަރުވީމަ

މާފުށި ޖަލުން ކޮވިޑް-19ގެ ޕޮޒިޓިވް ކޭހެއް ފެނި، ޖަލު ކުއްލި ހާލަތަށް ގެނެސްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެެއްގައި މިކަން ހާމަކުރައްވައި ވިދާޅުވީ މާފުށީ ޖަލުގެ އޮފިސަރެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުން ބުރާސްފަތި ދުވަހު ޕޮޒިޓިވްވެފައިވާކަމަށެވެ.

އެހެންކަމުން ޖަލުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބުރާސްފަތި ދުވަހުގެރޭ 12:00 އިން ފެށިގެން މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެސްފައިވާކަމަށް އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ. މިއާއެކު ގައިދީންގެ ހުރިހާ މޫވްމެންޓެއް މެދުކަނޑާލެވޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ. މިއާއެކު ގައިދީން އެއްތަނުން އަނެއް ތަނަށް ގެންދިއުން މެދުކަނޑާލެވޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރ ވިދާޅުވީ ޖަލު އާންމު ހާލަތަށް ގެންނާނީ ޖަލުގައި ބަލި ނެތްކަން ކަށަވަރުކޮށްފައި ކަމަށެވެ. މި މުއްދަތުގައި ޑޮކްޓަރަށް ދެއްކުމާއި، އެހެނިހެން ބައްދަލުވުންތައް ކުރިއަށްދާނީ އޮންލައިންކޮށް ކަމަށެވެ.

ޖަލުތަކުގައި އެކި ގޮތްގޮތުން ކޮވިޑް-19 ފެތުރިގެން، މީގެ ކުރިންވެސް ކުއްލި ހާލަތަށް ގެނެސްފައިވެއެވެ. މިގޮތުން މާލެ ޖަލާއި ހުޅުމާލެ ޖަލުން ވެސް ކޮވިޑްގެ ކޭސްތަކެއް ފެނިގެން ކުއްލި ހާލަތަށް ގެނެސްފައިވެއެވެ. އަދި ޖަލުގައި ބަލި ފެތުރިފައި އޮތް މިންވަރު ބަލާފައިވެއެވެ.

ޖަލުތަކުގެ ހާލަތު ގޯސްވާން ފެށުމުން ބައެއް ހައިރިސްކު ކުށްވެރިން ގެއަށް ބަދަލުކޮށްފައިވެއެވެ. މިގޮތުން އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ހުކުމް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ގެއަށް ބަދަލުކޮށްފައެވެ. ރައީސް ޔާމީން އަނބުރާ ޖަލަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާކަމަށާއި، ރައީސް ޔާމީން ޖަލަށް ބަދަލުކުރެވޭނީ ކިހާ ތަނަކު ކަމެއް އަދި ކަނޑަނޭޅޭ ކަމަށް ކަރެކްޝަންސްއިން މީގެ ކުރިން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް
3 ސެޕްޓެންބަރ 2021 | ހުކުރު 12:46
ސާހިބާ
ސެކިއުރިޓީގެ މިހާ ޕޮޒިޓިވް ވެގެން ޖަލުގައި ތިބި ގައިދީންގެ ސަރީއައްތައް ފަސްކޮށްފި ނަމަ އެއީ ވަރަށް ގިނަބައެއްގެ މައްސަލަ ތައް ދިގުލައިގެން ގޮސް ފާނެކަނެއް ސަރީއައްތައް ކުރިއަށް ގެންދާ އެދެން