ކ. މާލެ
|
2 ސެޕްޓެންބަރ 2021 | ބުރާސްފަތި 22:54
ރާއްޖެއިން މިހާތަނަށް ޖުމްލަ 81،474 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި
ރާއްޖެއިން މިހާތަނަށް ޖުމްލަ 81،474 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އަތޮޅުތެރެއިންނާއި މާލެ ސަރަހައްދުން ފެނުނު ކޭސްތަކުގެ އަދަދު އިތުރު
ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދަނީ 1895 މީހުން

އަތޮޅުތެރެއިންނާއި މާލެ ސަރަހައްދުން ފެނުނު ކޮވިޑް ކޭސްތަކުގެ އަދަދު އިތުރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހު 6:00ށް 173 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެ ތެރެއިން އަތޮޅުތެރެއިން ޕޮޒިޓިވްވީ 89 މީހުންނެވެ. އަދި މާލެސަރަހައްދުން 68 މީހުން ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 16 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ ޖުމްލަ 81،474އަށް އަރާފައެވެ.

79،340 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިވަގުތު ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދަނީ 1895 މީހުންނެވެ. މީގެތެރެއިން 24 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. ރާއްޖެއިން މިހާތަނަށް މިބަލީގައި 226 މީހަކު ވަނީ ނިޔާވެފައެވެ.

އޮގަސްޓް މަހުގެ 30ން ފެށިގެން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ރިޕޯޓްކުރަމުން އަންނަނީ 150ން މަތިންނެވެ. އެގޮތުން އޮގަސްޓް މަހުގެ 30 ވަނަ ދުވަހު 169 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެދުވަހު އަތޮޅުތަކުން 119 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޮގަސްޓް މަހުގެ 31 ވަނަ ދުވަހު 152 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެދުވަހު އަތޮޅުތަކުން 74 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު 189 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އަތޮޅުތަކުން ޕޮޒިޓިވްވި އަދަދު ހުރީ 119 ގައެވެ.

ރާއްޖޭގައި ކޮވިޑްގެ ހަތަރު ވަނަ ރާޅަށް ފަހު ހާލަތު ރަނގަޅުވަމުން އައިސް މިފަހަކުން އަންނަނީ އަނެއްކާވެސް ނަންބަރުތައް މަތިވަމުންނެވެ. އެޗްޕީއޭއިން އަންނަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމުންނެވެ.

- ކޮމެންޓް
3 ސެޕްޓެންބަރ 2021 | ހުކުރު 12:02
ކަމަނަ
ކޮވިޑް ބައްޔަށް އަދި މިހާތަނަށް ފަރުވާއެއް ހޯދިފާ ނެތް ހިިނދު 1895 މީހުންނަށް ތިޔަދެއްވަނީ ކޮންކަހަލަ ފަރުވާއެއްތޯ؟ ކޮވިޑް ބައްޔަށް ތިޔަދެއްވާ މޮޅު ފަރުވާ ދެނެގަންނާން ދުނިޔޭގެ ކުރިއަރާފަވާ ގައުމުތަށްވެސް ބޭނުންވާނެ ކަން ޔަގީން........