ކ. މާލެ
|
2 ސެޕްޓެންބަރ 2021 | ބުރާސްފަތި 03:08
އެފްއޭއެމުގެ ރައީސް ބައްސާމާއެކު ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޔާސިރް
އެފްއޭއެމުގެ ރައީސް ބައްސާމާއެކު ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޔާސިރް
ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަން
ސައުދީއާއެކު އެއްބަސްވުމެއް ހެދުން
ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ސައުދީއާއެކު އެއްބަސްވުމެއް
 
އެއްބަސްވުމުގައި ސޮއިކުރީ ސައުދީގައި ބޭއްވި ރަސްމިއްޔާތެއްގައި
 
ރާއްޖެއަށް ގިނަ އެހީތަކެއް ދިނުމަށް ސައުދީން ވަނީ ނިންމާފައި

ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަނާއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސައުދީގެ ވެރިރަށް ރިޔާދުގައި ހުންނަ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގައި ބުދަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެފްއޭއެމުގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ފެޑެރޭޝަނުގެ ރައީސް ޔާސިރް އަލް މިސެހާލެވެ. އަދި މި ރަސްމިއްޔާތުގައި އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އާއި ސައުދީ ފުޓްބޯޅައިގެ ޖެނެރަލް ސެކްރެޓަރީ އިބްރާހިމް އަލް ކަސީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ބައްސާމް ވިދާޅުވީ މިއީ ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް މުހިންމު ދުވަހެއް ކަމަށާއި، ސައުދީ ފުޓްބޯޅަ ފެޑެރޭޝަނާއެކު ސޮއިކުރެވުނު އެއްބަސްވުމާއެކު ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުން ނެރެފައިވާ ބަޔާނުގައިވާ ގޮތުން މި އެއްބަސްވުމުގެ ދަށުން ދެ ފެޑެރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް މި ރަސްމިއްޔާތުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގިނަ އެހީތަކެއް ދިނުމަށް ސައުދީން ނިންމާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ސައުދީއާއެކު އެއްބަސްވުމެއްގައި ސޮއިކުރިއިރު، މީގެ ކުރިންވެސް އެ ގައުމުން ވަނީ ރާއްޖޭގެ ފުޓްބޯޅައަށް ގިނަ އެހީތަކެއް ވެފައެވެ. އެގޮތުން މި ފަހުން އޭއެފްސީ ކަޕުގައި ރާއްޖެ ތަމްސީލްކުރި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކުލަބުން ވަނީ ސައުދީގައި ތަންރީނު ކޭމްޕް ފުރިހަމަކޮށްފައެވެ. އަދި ޒުވާން ގައުމީ ޓީމުވެސް މީގެ ކުރިން ވަނީ ސައުދީގައި ތަމްރީނުތައް ހަދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް