ކ. މާލެ
|
31 އޯގަސްޓް 2021 | އަންގާރަ 17:06
ޔުވެންޓަސްއާ އަލުން ގުޅުނު އިޓަލީގެ ޒުވާން ފޯވާޑް މޮއިސް ކީން
ޔުވެންޓަސްއާ އަލުން ގުޅުނު އިޓަލީގެ ޒުވާން ފޯވާޑް މޮއިސް ކީން
ގެޓީ އިމޭޖަސް
ކީން ޔުވެންޓަސްއަށް ބަދަލުވުން
ކީން އަލުން އަނބުރާ ޔުވެންޓަސްއަށް
 
ކީން އަލުން ޔުވެންޓަސްއާ ގުޅުނީ ލޯނު އުސޫލުން
 
ކީން ފުޓްބޯޅަ ކެރިއަރު ފެށީވެސް ޔުވެންޓަސްއިން

އެވަޓަނަށް ކުޅެމުން އަންނަ އިޓަލީގެ ޒުވާން ފޯވާޑް މޮއިސް ކީން އަލުން އަނބުރާ ޔުވެންޓަސްއަށް ސޮއިކޮށްފިއެވެ.

އުމުރުން 21 އަހަރުގެ ފޯވާޑް ޔުވެންޓަސްއާ އަލުން ގުޅުނީ ދެ އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު އެ އެއްބަސްވުމުގެ ދަށުން ޔުވެންޓަސްއިން ބޭނުންވާނަމަ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައި 28 މިލިޔަން ޔޫރޯ ދެއްކުމަށްފަހު ކީންގެ އެއްބަސްވުން ދާއިމީކުރެވޭނެއެވެ. އަދި އެއްބަސްވުން ދާއިމީ ކުރަން ބޯނަހުގެ ގޮތުގައި އިތުރު ތިން މިލިޔަން ޔޫރޯ ދައްކަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލޯނު އުސޫލުން ކީން އަލުން އަނބުރާ ޔުވެންޓަސްއާ ގުޅުނުއިރު، އޭނާ ފުޓްބޯޅަ ކެރިއަރު ފެށީވެސް ޔުވެންޓަސްއިންނެވެ. ޔުވެންޓަސްގައި އޭނާ ވިދާލިއިރު، އޭނާ ވަނީ އެ ޓީމުގައި ދެ ސީޒަން ހޭދަކޮށްފައެވެ. މި މުއްދަތުގައި ކީން ވަނީ އެ ޓީމަށް ކުޅެދިން 21 މެޗުގައި އަށް ލަނޑު ޖަހާފައެވެ. މީގެ އިތުރުން ކީން ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ދެ ފަހަރު، އަދި އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

މީގެ ކުރިން ޔުވެންޓަސްގެ ލޯނު އެއްބަސްވުމެއްގެ ދަށުން ހެލާސް ވެރޯނާއަށްވެސް ކުޅުނު ކީން ޔުވެންޓަސް ދޫކޮށް 2019 ވަނަ އަހަރު ބަދަލުވީ އެވަޓަންއަށެވެ. އަދި މިދިޔަ ސީޒަނުގައި އެވަޓަނުގެ ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ވަނީ ޕީއެސްޖީއަށް ކުޅެފައެވެ. ޕީއެސްޖީގައި ކީން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގައި އެ ޓީމާއެކު ފްރެންޗް ކަޕް ކާމިޔާބުކޮށްފައެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްއިން ކީންގެ ސޮއި ހޯދިއިރު، އެ ޓީމަށް ކުޅެމުން އައި ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދާދި ފަހުން އަލުން އަނބުރާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް