Advertisement
ކ. މާލެ
|
30 އޯގަސްޓް 2021 | ހޯމަ 09:28
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުގެ ތެރެއިން
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުގެ ތެރެއިން
މުންޝިދް
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި އޮފިޝަލުންނަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފި
ދާއިރާތަކުގެ އިންތިޚާބު 25 ސެޕްޓެމްބަރ ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ނިންމާފައި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިޚާބުގައި އޮފިޝަލުންނަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒާވަރުންނާއި، މޮނީޓަރުންނަށް ފޯމު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒާވަރުންނާއި، މޮނީޓަރުންނަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ބަންދުވާނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު 16:00ށް ކަމަށެވެ. އަދި ސެޕްޓެމްބަރު 10 ވަނަ ދުވަހު ދާއިމީ ވޯޓަރސް ލިސްޓް އާންމު ކުރާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 25 ސެޕްޓެމްބަރު ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ. އެމްޑީޕީން، ކުރިން ދާއިރާތަކުގެ އިންތިޚާބު ބޭއްވުމަށް ނިންމީ މެއި މަހުގެ ތެރޭގައެވެ. އެހެންނަމަވެސް ފަހުން ވަނީ ސެޕްޓެމްބަރަށް ފަސްކޮށްފައެވެ.

Advertisement

އެމްޑީޕީން މިނިންމުން ނިންމީ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްދީ، އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެ، އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވާތީ ދާއިރާތަކުގެ އިންތިޚާބު 29 މެއި 2021 ގައި ބޭއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީއެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި އައިއީޑީއެއް ގޮއްވާލުމުގެ ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާ ފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އެތަކެތި ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ. މ

މި ހާދިސާއާ ގުޅިގެން މީހުން ހައްޔަރުކޮށްފައިވާއިރު މިނިވަން ތަހުގީގަކަށް ފަހު އިންސާފުގެ ކުރިމައްޗަށް އެމީހުން ގެނެވޭނެ ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި ހަމަލާގެ ފަހަތުގައި ތިބި އެހެން މީހުން ވެސް ހޯއްދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް