ކ. މާލެ
|
27 އޯގަސްޓް 2021 | ހުކުރު 13:40
މުހައްމަދު އާސިފް - އިލެކްޝަން ކޮމިޝަނުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި
މުހައްމަދު އާސިފް - އިލެކްޝަން ކޮމިޝަނުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި
ފޭސްބުކް
އީސީއަށް މެމްބަރަކު އައްޔަންކުރުން
އީސީގެ މެމްބަރުކަމަށް އާސިފް އައްޔަންކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފި
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި 5 ނަންފުޅު ދިރާސާކޮށް 4 ބޭފުޅަކާ އިންޓަރވިއު ކޮށްފައިވޭ
އެއް ބޭފުޅަކުވަނީ އަނބުރާ ނަން ގެންދަވާފައި
މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް އާސިފްގެ ނަން ފާސްވީ، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ އިއްތިފާގުން

އިލެކްޝަން ކޮމިޝަންގެ މިހާރު ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރުމަަށް މުހައްމަދު އާސިފްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.

އާސިފްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކުރީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. ކޮމިޓީންވަނީ އީސީގެ މެމްބަރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި 5 ނަންފުޅު ދިރާސާކޮށް 4 ބޭފުޅަކާ އިންޓަރވިއުކޮށްފައެވެ. ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ، އެއް ބޭފުޅަކު ނަން އަނބުރާ ގެންދަވާފައިވާތީ އިންޓަރވިއު ކުރިއަށްގެންދިޔައީ 4 ބޭފުޅުންގެ ކަމަށެވެ.

އާސިފްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްވީ، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ އިއްތިފާގުންނެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވެފައި މިވަނީ އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި އަހުމަދު ޝަރީފް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެއަށްފަހު ރައީސް ކަމުގެ މަގާމު ވެސް އޮތީ ހުސްކޮށެވެ. ރައީސްކަމަށް މެމްބަރަކު އައްޔަން ކުރެވޭނީ ވެސް ހުސްވެފައިވާ މެމްބަރު ކަމަށް ބޭފުޅަކު އައްޔަން ކުރެވުމުންނެވެ.

އާސިފްވަނީ މީގެ ކުރިން ވެސް އިލެކްޝަން ކޮމިޝަންގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން 2008 ވަނަ އަހަރުގައި އިލެކްޝަން ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި އިންތިޚާބުތަކުގެ ކަންކަން ރާވާ ހިންގުމަށް މަސައްކަތް ކުރެއްވިއެވެ. އޭގެ ކުރިން ވެސް އީސީގެ ބައެއް މަސައްކަތްތަކުގައި އާސިފް ބައިވެރިވެވަޑައިގެންފައިވެއެވެ.


Advertisement
- ކޮމެންޓް