ކ. މާލެ
|
26 އޯގަސްޓް 2021 | ބުރާސްފަތި 00:03
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ވެކްސިން ކެމްޕޭން
އަންގާރަ ދުވަހު ވެކްސިން ޖެހީ 3،112 މީހުން
 
ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުން
 
މިހާރު ވަނީ އިތުރު ކެޓަގަރީތަކަކަށް ފައިޒަރ ވެކްސިން ޖަހަން ހުޅުވާލާފައި
 
އަތޮޅުތެރެއިން ވެކްސިން ޖަހާ މީހުން މާލެ ސަރަހައްދާ އަޅާ ބަލާއިރު އިތުރު

އިތުރު 3،112 މީހުން ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އަންގާރަ ދުވަހު 2،749 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 995 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖެހި 1،754 މީހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ 379،379އަށް އަރާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އަންގާރަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ 363 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި 175 މީހުންނާއި، އަތޮޅުތެރެއިން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި 188 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ 300،427އަށް އަރާފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

މި ހިނގާ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުމުގެ އަމާޒުގައި ސަރުކާރުން ޚާއްސަ ކެމްޕޭނެއް ކުރިއަށްގެންދާއިރު، މި ކެމްޕޭނަށް ހުރިހައި އެންމެންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ސަރުކާރުން ގެންދަނީ ގޮވާލަމުންނެވެ. މި ކެމްޕޭންގެ އިތުރުން 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދިނުމަށް ޚާއްސަ ކެމްޕޭނެއްވެސް މިހާރު ވަނީ ފަށާފައެވެ.

ދާދި ފަހުން ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ލިބުނު ފައިޒަރ ވެކްސިން 12 އަހަރާ 17 އަހަރާ ދެމެދުގެ ކުދިންނަށް ދެމުންދާއިރު، މިހާރު އެޗްޕީއޭއިން ވަނީ އިތުރު ކެޓަގަރީތަކެއްގައި ހިމެނޭ މީހުންނަށް ވެސް ފައިޒަރ ވެކްސިން ދިނުމަށް ހުޅުވާލާފައެވެ. އެއީ ދިފާއީ ނިޒާމު ދަށް މީހުންނާއި، މާބަނޑު މީހުންގެ އިތުރުން މިހާތަނަށް ކޮވިޑް-19ގެ އެއްވެސް ވެކްސިނެއް ނުޖަހާ ތިބި 60 އަހަރުން މަތީގެ މީހުންނެވެ. މި މީހުންނަށް ވެކްސިން ދިނުން ކުރިއަށްދާނީ އާޓް ގެލަރީންނާއި، ހުޅުމާލެ ހޮސްޕިޓަލް, އަދި ވިލިމާލެ ޔޫތު ސެންޓަރުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް