ކ. މާލެ
|
25 އޯގަސްޓް 2021 | ބުދަ 22:22
ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ބުދަ ދުވަހު އަތޮޅުތެރެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 76ށް
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 80،328ށް އަރާފައި

ބުދަ ދުވަހު އަތޮޅުތެރެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 76ށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުންކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން, ބުދަ ދުވަހު ޕޮޒިޓިވްވެފައިވަނީ 110 މީހެކެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 80،328ށް އަރާފައެވެ.

ބުދަ ދުވަހު ޕޮޒިޓިވްވި 110 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 27 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 76 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 4 މީހުންނާއި ލިވަރބޯޑްތަކުން ޕޮޒިޓިވްވި 3 މީހުންނެވެ. އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ން ބުދަ ދުވަހުގެ އިރުއޮއްސި 6:00ށް 5569 ސާމްޕަލް ނަގާފައިވެއެވެ.

އެކްޓިވް ކޭހުގެ ގޮތުގައި ރިޕޯޓްކޮށްފައިވަނީ 1682 ކޭހެވެ. މީގެ ތެރެއިން 13 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައެވެ. 78،408 މީހަކު މިހާތަނަށް ބަލިން ރަގަޅުވެފައިވާ އިރު، ބަލި ޖެހިގެން ނިޔާވީ ޖުމްލަ 225 މީހުންނެވެ.

ކޮވިޑްގެ ހަތަރު ވަނަ ރާޅަށް ފަހު ރާއްޖޭގައި މިހާރު ކޮވިޑްގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. މިއާއެކު ކޮވިޑު ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ. ނަމަވެސް ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.


Advertisement
- ކޮމެންޓް