Advertisement
ކ. މާލެ
|
25 އޯގަސްޓް 2021 | ބުދަ 07:24
އަލިފާންގަނޑު ނިއްވާލުމަށް ފަޔަރމަނުން ހަރަކާތްތެރިވަނީ،
އަލިފާންގަނޑު ނިއްވާލުމަށް ފަޔަރމަނުން ހަރަކާތްތެރިވަނީ،
އެމްއެންޑީއެފް
ފޭދޫ ކުރީގެ ކްލާސް ރޫމް ބްލޮކެއްގައި ރޯވުން
ފޭދޫގެ ކުރީގެ ކްލާސް ރޫމް ބްލޮކެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
އަލިފާންގަނޑު ނިއްވާލާފައިވަނީ މެންދަމު 00:39 ހާއިރު
އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ
އަލިފާން ރޯވި ސަބަބެއް ވެސް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވޭ

ށ. ފޭދޫގެ ކުރީގެ ކްލާސް ރޫމް ބްލޮކެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފޭދޫގައި ހުންނަ ކުރީގެ ސްކޫލް ކްލާސް ރޫމް ބްލޮކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު އަންގާރަ ދުވަހުގެ ރޭ 10:47 ހާއިރު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި ފަޔަރމަނުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު ނިއްވާލާފައިވަނީ މެންދަމު 00:39 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

މި ހާދިސާގެ ސަބަބުން ސްކޫލުގެ 3 ކުލާސް ރޫމް ވަނީ ވަރަށް ބޮޑަށް އަނދާފައެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އަލިފާން ރޯވި ސަބަބެއް ވެސް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް