ކ. މާލެ
|
23 އޯގަސްޓް 2021 | ހޯމަ 15:19
ކޮވިޑް-19ގެ އިތުރު މަރެއް ރިޕޯޓުކޮށްފައި މިވަނީ ކޭސްތައް ވަރަށް ބޮޑަށް ކޮންޓްރޯލުކުރެވިފައިވާ ދަނޑިވަޅެއްގައި
ކޮވިޑް-19ގެ އިތުރު މަރެއް ރިޕޯޓުކޮށްފައި މިވަނީ ކޭސްތައް ވަރަށް ބޮޑަށް ކޮންޓްރޯލުކުރެވިފައިވާ ދަނޑިވަޅެއްގައި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑު ޖެހިގެން މީހަކު ނިޔާވުން
އަނެއްކާވެސް ކޮވިޑުގެ އިތުރު މަރެއް
ނިޔާވެފައި ވަނީ 92 އަހަރުގެ ދިވެހި އަންހެނެއް
މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި 224 ވަނަ މީހާ

ކޮވިޑް ޖެހިގެން އައްޑޫ ކޮވިޑް ފެސިލިޓީއަށް ގެނައި މީހަކު މަރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އާދިއްތަ ދުވަހުގެ 11:20 ހާއިރު އުމުރުން 92 އަހަރު ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި 224 ވަނަ މީހާއެވެ. އާދިއްތަ ދުވަހުވެސް ކޮވިޑްގައި މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 79،959ށް އަރާފައެވެ. މީގެތެރެއިން 78،076 މީހުން ބަލިން ފަސޭހަވެފައިވާއިރު މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 1648 މީހުންނެވެ. މީގެތެރެއިން 16 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ

ކޮވިޑް-19 ހާލަތު ރަނގަޅުވި ނަމަވެސް ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާކުޑަ ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. އެގޮތުން މާސްކް އެޅުމަށާއި، އިޖްތިމާއީ ގައިދުރުކަމާއި، ގިނަގިނައިން އަތް ދޮވުމަށް އެދިފައިވެއެވެ. މީގެ އިތުރުން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތައް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.


Advertisement
- ކޮމެންޓް