ކ. މާލެ
|
22 އޯގަސްޓް 2021 | އާދީއްތަ 17:19
ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް
ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް
އެޗްއީއޯސީ
ވެކްސިން ޕާސްޕޯޓު
ވެކްސިން ޕާސްޕޯޓު ހެދުމަށް ވާންޖެހޭ ތައްޔާރީތައް މިދަނީ ވަމުން: ހެލްތު މިނިސްޓަރ
ސަރުކާރުގެ ތަފާތު މުއައްސަސާތަކާ ގުޅިގެން މިކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވި

ވެކްސިން ޕާސްޕޯޓުތައް ހެދުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަަމަށް ހެލްތު މިނިސްޓަރު އަޙުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރ ރާއްޖެއެމްވީއަށް ވިދާޅުވީ ސަރުކާރުގެ ތަފާތު މުއައްސަސާތަކާ ގުޅިގެން މިކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި މި މަސް ނިމެންވާއިރަށް މަޝްވަރާތައް ނިންމާލެވޭނެ ކަމަށެވެ. ވެކްސިން ޕާސްޕޯޓަކީ ބޭރުގެ ގައުމުތަކުންވެސް ބަލައިގަންނަ އެއްޗެއްގެ ގޮތުގައި ވެގެންދާނެކަމަށާއި, އަދި މިހާރު ކުރަމުން އަންނަނީ ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ އެއްޗެއްގެ ގޮތުގައި އެ ޕާސްޕޯޓު ހެދުމުގެ މަސައްކަތް ކަމަށެވެ.

ރާއްޖެއިން ވެކްސިން ޕާސްޕޯޓުތައް ހެދުމަށް ތައްޔާރީތައް ވަމުން އަންނައިރު ބޭރު ގައުމުތަކުން މިހާރު ވަނީ ވެކްސިން ޕާސްޕޯޓުތައް ތައާރަފުކޮށްފައެވެ. އަދި މިއީ ކޮވިޑާއެކު ދިރިއުޅެން ކުރާ މަސައްކަތެއް ކަމަށް އެ ގައުމުތަކުން ވަނީ ސިފަކޮށްފައެވެ. މިނިސްޓަރ ނަސީމް މިހެން ވިދާޅުވެފައިވާއިރު, ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށް ފަހު ކަރަންޓީނަކާ ނުލައި ދަތުރުކުރުމަށް ރާއްޖެއިންވެސް ވެކްސިން ޕާސްޕޯޓެއް އުފައްދަން ނިންމާފައިވާ ކަމަށް މިއަހަރުގެ މާރޗް މަހު ވެސް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ތަނުގައި ގައުމުތަކުން އަޅާފާނެ އެފަދަ ފިޔަވަޅުތަކަށް ބަލައި އަދި ރާއްޖޭގައިވެސް ދަތުރުކުރުމުގެ ފަސޭހަކަމަށް ވިސްނައި ހުރިހާ އެންމެންވެސް ވެކްސިން ޖެހުމަށް މިނިސްޓަރ ނަސީމް އިލްތިމާސް ކުރެއްވިއެވެ.

- ކޮމެންޓް