ކ. މާލެ
|
22 އޯގަސްޓް 2021 | އާދީއްތަ 16:10
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ރާއްޖެ އެމްވީ
ކޮވިޑު ޖެހިގެން މީހަކު ނިޔާވުން
18 ދުވަހަށްފަހު އަނެއްކާވެސް ކޮވިޑް މަރެއް
ނިޔާވީ އުމުރުން 75 އަހަރު ދިވެހި އަންހެނެއް

ރާއްޖޭގައި 18 ދުވަހުގެ މެދުކެނޑުމަކަށްފަހު ކޮވިޑު ޖެހިގެން އަނެއްކާވެސް މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އާދިއްތަ ދުވަހުގެ 11:20 ހާއިރު އުމުރުން 75 އަހަރު ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށެވެ. އޭނާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި 223 ވަނަ މީހާއެވެ. މީގެ 18 ދުވަސް ކުރިން ތިނެއް އޮގަސްޓުގައި ވެސް ރާއްޖެއިން މީހަކު ވަނީ ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައެވެ. އޭރު ނިޔާވީ އުމުރުން 94 އަހަރު ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 79،864ށް އަރާފައެވެ. މީގެތެރެއިން 77،953 މީހުން ބަލިން ފަސޭހަވެފައިވާއިރު މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 1677 މީހުންނެވެ. މީގެތެރެއިން 17 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

ކޮވިޑްގެ ހަތަރު ވަނަ ރާޅަށް ފަހު ރާއްޖޭގައި މިހާރު ކޮވިޑްގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. މިއާއެކު ކޮވިޑު ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ. ނަމަވެސް ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.


Advertisement
- ކޮމެންޓް