ކ. މާލެ
|
20 އޯގަސްޓް 2021 | ހުކުރު 22:26
ފުލުހުން ލޮކްޑައުން ތެރޭގައި ހަރަކާތްތެރި ވަނީ
ފުލުހުން ލޮކްޑައުން ތެރޭގައި ހަރަކާތްތެރި ވަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ހުކުރު ދުވަހު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100ން ދަށަށް
 
މިވަގުތު ބައްޔަށް ފަރުވާދެމުން ދަނީ 1،750 މީހުންނަށް
 
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 79،754ށް އަރާފައި
 
ހުކުރު ދުވަހު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 95 މީހުން

ހުކުރު ދުވަހު ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދު 100ން ދަށަށް ގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ހުކުރު ދުވަހު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 95 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 24 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 62 މީހުން އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 09 މީހުންނެވެ. މި 95 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ޓެސްޓު ކުރެވުނު 5،675 ސާމްޕަލްގެ ތެރެއިންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 79،754ށް އަރާފައިވާއިރު، މިވަގުތު ބައްޔަށް ފަރުވާދެމުން ދަނީ 1،750 މީހުންނަށެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ 16 މީހުންނަށެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 77،770 މީހުން ބަލިން ރަނގަޅުވެފައިވާއިރު، 222 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ.

ކޮވިޑްގެ ހަތަރު ވަނަ ރާޅަށް ފަހު ރާއްޖޭގައި ކޮވިޑްގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. ނަމަވެސް ބައެއް ދުވަސްދުވަހު ކޭހުގެ އަދަދު ސަތޭކައިން މަތިވެއެވެެ.  

ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އައުމާއެކު ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށްވެސް އަންނަނީ ލުއި ދެމުންނެވެ. ނަމަވެސް އަދިވެސް ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަން ސަމާލުކަން ދިނުމަށް އަންނަނީ އިލްތިމާސްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް