ކ. މާލެ
|
13 އޯގަސްޓް 2021 | ހުކުރު 22:37
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު
އަތޮޅުތެރެއިން 79 މީހުންނާއެކު އަލަށް ޕޮޒިޓިވްވީ 111 މީހުން
މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ދަށްވެފައި
އަތޮޅުތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ދަނީ މައްޗަށް
ފާއިތުވި 24 ގަޑިއިރު 130 މީހަކު ބަލިން ފަސޭހަވެފައިވޭ

ރާއްޖެއިން އިތުރު 111 މީހަކު ކޮވިޑް-19އަށް އަލަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00 އިން ހުކުރު ދުވަހުގެ އިރުއޮއްސި 06:00 ގެ ނިޔަލަށް 5،297 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 111 މީހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 24 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 79 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 8 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް-19އަަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 78،926ށް އަރާފައެވެ.

އެކްޓިވް ކޭހުގެ އަދަދު 1،960ށް އަރާފައިވާއިރު، ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން 19 މީހަކަށް މިވަގުތު ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 130 މީހަކު ބަލިން ފަސޭހަވެފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިއާއެކު ބަލިން ފަސޭހަވި މީހުންގެ ޖުމްލަ ވަނީ 76،732ށް އަރާފައެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 203 ދިވެހިންނާއި 19 ބިދޭސީންނެވެ.


Advertisement
- ކޮމެންޓް