ކ. މާލެ
|
13 އޯގަސްޓް 2021 | ހުކުރު 19:35
ހިޔާ ޔޫނިއަންގެ އެއްވުން
ހިޔާ ޔޫނިއަންގެ އެއްވުން
ރާއްޖެއެމްވީ
ހިޔާ ޔޫނިއަންގެ އެއްވުން
"އަޅުގަނޑުމެން އެދެނީ 5600ރ އަށް ފްލެޓްތަކުގެ ކުލި ކުޑަކުރަން"
 
މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް ދަނީ ތައްޔާރުވަމުން
 
ގްރޭސް ޕީރިއަޑް 12 މަސް ދުވަހަށް އިތުރުކުރަން އަޑު އުފުލި
 
ފްލެޓުތަކުގެ ކުލި ކުޑަކޮށްދޭން އަޑު އުފުލާފައިވޭ

ހިޔާ ފްލެޓު ލިބުނު މީހުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ހިޔާ ޔޫނިއަނުން ސުލްހަވެރި އެއްވުމެއް ބާއްވައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ ޔޫނިއަންގެ ފަރާތުން ކުރިއަށްގެންދިޔަ މި އެއްވުމުގައި ހިޔާ ފްލެޓުތައް ލިބުނު ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. އެމީހުން ވަނީ މި އެއްވުމުގައި ބައިވެރިވެ އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

ހިޔާ ޔޫނިއަނުން ބުނީ މި އެއްވުމުގައި މައިގަނޑުގޮތެއްގައި ފާހަގަކުރަނީ 3 ކަމެއް ކަމަށެވެ. އެއީ ފްލެޓުތަކުގެ ކުލި ކުޑަކުރުމާއި، ގްރޭސް ޕީރިއަޑުގެ ގޮތުގައި ދޭ މުއްދަތު އިތުރުކޮށްދިނުމަށާއި، ޖުމްލަ އަގުން އެއް ލައްކަ ރުފިޔާ ކަނޑައިދިނުމަށް ކަމަށެވެ. އެގޮތުން ގްރޭސް ޕީރިއަޑުގެ ގޮތުގައި ދޭ މުއްދަތު 12 މަހަށް އިތުރުކޮށްދިނުމަށް އެދޭ ކަމަށް އެ ޔޫނިއަނުން ބުނެފައިވެއެވެ. އަދި ފްލެޓުތަކުގެ ކުލި 5،600 ރުފިޔާއަށް ކުޑަކޮށްދިނުމަށާއި، އަމިއްލައަށް އިންޓީރިއާ މަސައްކަތްތައް ކުރަންޖެހޭތީ ޖުމްލަ އަގުން އެއް ލައްކަ ރުފިޔާ ކަނޑައިދިނުމަށް އެދޭ ކަމަށެވެ.

ހިޔާ ޔޫނިއަނުން ބުނީ މި ކަންކަމަށް ހައްލު ހޯދައިދިނުމަށް އެދި ޖޫން މަހުގެ 1 ވަނަ ދުވަހު، 2،177 މީހުންގެ ސޮޔާއި އެކު ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އަދި އަދަށްވެސް ރައީސް އޮފީހުން ޖަވާބެއް ދީފައިނުވާކަން އެ ޔޫނިއަނުން ފާހަގަކުރެއެވެ.

އެ ޔޫނިއަނުން ބުނީ ސޯޝަލް ހައުސިންގެ ގޮތުގައި ތަންތަން ދޫކުރާ އަގަށްވުރެ ހިޔާ ފްލެޓުތަކުގެ ކުލީގެ އަގު ބޮޑު ކަމަށެވެ. ދެ ކޮޓަރީގެ ތަނަކަށް ވެފައި ތަނަށް ވަނުމުގެ ކުރިން އަމިއްލަ ޖީބުން ގިނަ ޚަރަދުތަކެއް ކުރަންޖެހޭ ކަމަށް ހިޔާ ޔޫނިއަނުން ބުނެފައިވެއެވެ. އެހެންކަމުން މި ޕެޓިޝަން މަޖިލީހަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ބުނެފައިވެއެވެ.

ހިޔާ ޔޫނިއަންގެ ކަންބޮޑުވުންތައް މިފަދައިން ހުރިއިރު، މި އެއްވުމުގައި ބައިވެރިވި ބައެއް ބައިވެރިން ބުނި ގޮތުގައި އަމިއްލަ އަތުން ބޮޑެތި ޚަރަދުތަކެއް ކޮށްގެން ފްލެޓަށް ވަދެވޭއިރު، ދެ ލައްކައެެއްހާ ރުފިޔާ ޚަރަދުވާނެއެވެ. މިހާރު އާންމު މީހަކަށް ލިބޭ މުސާރައާ އަޅާ ބަލާއިރު، މި ތަނަަށް ކޮންމެ މަހަކު ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ބޮޑު ކަމަށް އެ މީހުން ބުނެފައިވެއެވެ.

މީގެ ކުރިންވެސް ހިޔާ ޔޫނިއަނުން ވަނީ އޮންލައިންކޮށް މިކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް އަޑު އުފުލާފައެވެ. މިއީ އަމަލީ ގޮތުން ނިކުމެ، މިކަމާ އަޑު އުފުލާ ފުރަތަމަ ފަހަރެވެ. ހިޔާ ޔޫނިއަންގެ ފަރާތުން މިކަމާ އަޑު އުފުލާފައިވާއިރު، އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ހިޔާ ފްލެޓުތަކަށް ކުލި ދެއްކުމުގެ ގްރޭސް ޕީރިއަޑް މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އިތުރުކޮށްދެއްވާފައިވާކަން އިއުލާނުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
18%
9%
0%
73%
ކޮމެންޓް
14 އޯގަސްޓް 2021 | ހޮނިހިރު 11:11
ވގ 13
5600 ދައްކަނީ ކޮންތާކުންތޯ މި ނޯވެ ހެޔޮ ގޮތެއް ފެން ނަނީ ހީލޭ ދޭން
13 އޯގަސްޓް 2021 | ހުކުރު 20:14
ފާތުމަ
ހިޔާޔޫނިއަން ގެ އިސްފަރާތްތަކަށް ނިކަމެތިންގެ ހައްޤުގައި ވަމުންދާ ޤުރުބާނީއަށް ޝުކުރުވެރިވަން. ސާބަހޭ ޔޫނިއަން ޓީމަށް