ކ. މާލެ
|
12 އޯގަސްޓް 2021 | ބުރާސްފަތި 08:17
ހުޅުމާލެ ގެސްޓްހައުސް
ހުޅުމާލެ ގެސްޓްހައުސް
ރާއްޖެއެމްވީ
ގެސްޓްހައުސްތަކަށް ޗެކް-އިން ވުމުގެ އުސޫލު
ވެކްސިން ނުޖަހާ ފަތުރުވެރިންނަށް ގެސްޓްހައުސްތަކަށް ޗެކް-އިން ނުވެވޭ ގޮތް ހަދައިފި
 
ވެކްސިން ނުޖަހާ ފަތުރުވެރިންނަށް ޗެކް-އިން ކުރާނީ އެ ރަށެއްގެ ވެކްސިން ކަވަރޭޖަށް ބެލުމަށްފަހު

ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް-އިން ނުކުރަން އަންގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ "މާލެ ސަރަހައްދު ހިމެނޭހެން މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ދަތުރުކުރުމާ ގުޅޭ" އިއުލާނުގައި ވާގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކް-އިން ވެވޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، 14 ދުވަސް ހަމަވެފައިވާ ފަތުރުވެރިންނަށެވެ.

މިގޮތަށް ވެކްސިން ފުރިހަމަނުވާ ފަތުުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަކަށް ޗެކް-އިން ކުރެވޭނީ އެ ރަށެއްގެ ވެކްސިން ކަވަރޭޖަށް ބެލުމަށްފަހު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ވެކްސިން ފުރިހަމަނުކުރާ މީހުން ގެސްޓްހައުސްތަކަށް ޗެކް-އިން ކުރާއިރު، ރަށުގައި ދިރިއުޅޭ މުޅި އާބާދީގެ 60 އިންސައްތަ މީހުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވޭތޯ ބަލަން އަންގާފައިވެއެވެ. އަދި ރަށުގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ އެންމެން ހިމެނޭގޮތަށް 95 އިންސައްތަ މީހުން ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވެފައިވޭތޯ ބެލުމާއި، ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ޑޯޒްތައް ފުރިހަމަވެފައިކޮށްފައިވޭތޯ ބަލަން އެޗްޕީއޭއިން ވަނީ އަންގާފައެވެ. ވެކްސިން ފުރިހަމަ ވެފައިވާކަމަށް ބަލާނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށްފަހު 14 ދުވަސް ވެފައިވާނަމަ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިގޮތަށް ވެކްސިން ކަވަރޭޖް ހަމަވެފައިވާ ރަށްރަށަށް، ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަތުރުވެރިން ދަތުރުކުރާނަމަ ޗެކް-އިން ކުރާ ދުވަހުން ފެށިގެން 7 ދުވަސް ހަމަވުމުން ޕީސީއާރު ޓެސްޓް ހަދަންވާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި މިގޮތަށް ވެކްސިން ކަވަރޭޖް ފުރިހަމަކުރެވިފައި ނުވާ ކަމަށާއި، މި ސަރަހައްދުގެ ގެސްޓްހައުސްތަކަށް ޗެކް-އިން ކުރެވޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވެފައިވާ ފަތުރުވެރިންނަށް އެކަނި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް