ކ. މާލެ
|
11 އޯގަސްޓް 2021 | ބުދަ 13:29
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސް އޮފީސް
ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން
ރައީސުލްޖުމްހޫރިއްޔާ، ނޫސްވެރިންނާ ބައްދަލު ކުރައްވަނީ
ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ ހަވީރު 4:00 ގައި ރައީސް އޮފީހުގައި
ނޫސްވެރިންގެ ބައްދަލުވުން ރާއްޖެޓީވީ ވަގުތުން ގެނެސްދޭނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ހަވީރު 4:00 ގައި ރައީސް އޮފީހުގައި އޮންނަ މި ބައްދަލުވުމުގައި ނޫސްވެރިންނަށް އައު އާއްމު ހާލަތުގެ ފިޔަވަޅުތަކާއެކު ބައިވެރިވެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ކޯވިޑް-19އާ ގުޅިގެން ސަރުކާރުން ދީފައިވާ ލުއިތަކާ ގުޅޭގޮތުންނާއި، ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރައްވަނެއެވެ.

މި ނޫސްވެރިންގެ ބައްދަލުވުން ރާއްޖެޓީވީ ވަގުތުން ގެނެސްދޭނެއެވެ. ރައީސް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވީ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.


Advertisement
- ކޮމެންޓް