ކ. މާލެ
|
11 އޯގަސްޓް 2021 | ބުދަ 08:46
ޑްރައިވަރު މަރާލަން މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ
ޑްރައިވަރު މަރާލަން މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ
ރާއްޖެއެމްވީ
ޑްރައިވަރަކަށް ހަމަލާ ދިނުން
ޓެކްސީ ޑްރައިވަރަށް ހަމަލާދިން ބިދޭސީ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
 
ބަންދުގެ މުއްދަތުގެ ޖަހާފައިވަނީ އަންގާރަ ދުވަހު

ހުޅުމާލޭގައި ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މަރާލަން މަސައްކަތް ކުރި ބިދޭސީ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

އެމީހާއަށް ބަންދުގެ މުއްދަތުގެ ޖަހާފައިވަނީ އަންގާރަ ދުވަހުއެވެ.

ފުލުހުން އެ މީހާ ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެރޭގެ ވަގުތެއްގައެވެ. މަންޒަރު ދުށް މީހަކު މައުލޫމާތު ދިންގޮތުގައި އިންޑިއާ އަށް ނިސްބަތްވާ، އުމުރުން 25 އަހަރުގެ މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. ފުލުހުން ވެސް ބުނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިރު މަސްތުގެ ހާލަތުގައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.

ހުޅުމާލެ ނިރޮޅުމަގުގެ 19 ވަނަ ގޯޅީގައި ހިނގި މި ހާދިސާގައި ޑްރައިވަރަށް ހަމަލާދިނީ، އެމީހާ ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ޑްރައިވަރުގެ ކަރުގައި އޮޅައިގެންނެވެ. މަންޒަރު ދުށް މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، ކަރުގައި ގަމީސް އޮޅައި ޑްރައިވަރު މަރާލަން އުޅުމުން ޓެކްސީ ކޮންޓްރޯލްނުވެ ގޮސް އެ މަގުގައި ޕާކް ކޮށްފައިވާ ސައިކަލަކާއި ވޭނެއްގައި ޖެހި ކާރު ހުއްޓުނު ކަމަށެވެ.

ޑްރައިވަރު މަރާލަން ބޭރުމީހާ މަސައްކަތްކުރީ، ދަތުރު ފައިސާ ދޭށޭ ޑްރައިވަރު އެންގުމުން އޭނާގެ އަތުގައި ފައިސާ ނެތް ކަމަށް ބުނެއެވެ. އެމީހާ ޓެކްސީއަށް އެރީ ހުޅުލޭ އައިލެންޑް ހޮޓެލުން ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް
12 އޯގަސްޓް 2021 | ބުރާސްފަތި 07:32
އަހުމަދު. ...ޖ
މިވައްތަރުގެ ޚަބަރު ލިޔުމުގެ ބޭނުމަކީ ކޮބާ؟؟؟؟ އަދިވެސް އެއްވެސް ކަމަކަށް ވާކަހަލަ އެއްޗެއް އޮޅުމެއް ނުފިލާ... އަމާ ބުނީތީ ފަރަށްދާ އުސޫލުން ދެން އެއްޗެއް ލިޔަނީ
11 އޯގަސްޓް 2021 | ބުދަ 09:52
އަހުމަދު...ޖ
ތި މީހާގެ ވަނަވަރު ހާމަކުރޭ