ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 15:24
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އަލްއުސްތާޛާ މަރްޔަމް ރިޝްފާ މިއަދު ޢައްޔަން ކުރައްވައި ލިޔުން ހަވާލުކުރެއްވުން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އަލްއުސްތާޛާ މަރްޔަމް ރިޝްފާ މިއަދު ޢައްޔަން ކުރައްވައި ލިޔުން ހަވާލުކުރެއްވުން
ރައީސް އޮފީސް
ރިޝްފާ ޓްރަބިއުނަލްގެ މެންބަރުކަމަށް
ވަޒީފާއާބެހޭ ޓްރަބިއުނަލްގެ މެންބަރުކަމަށް ރިޝްފާ ދެވަނަ ދައުރަކަށް އައްޔަންކޮށްފި
 
ރިޝްފާ ވަނީ ޓްރައިބިއުނަލްގެ މެންބަރުކަން 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރަށް އަދާކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އަލްއުސްތާޛާ މަރްޔަމް ރިޝްފާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އަލްއުސްތާޛާ މަރްޔަމް ރިޝްފާ މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އަލްއުސްތާޛާ މަރްޔަމް ރިޝްފާ ވަނީ، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބް ޙުސައިން ޒަކަރިއްޔާގެ ކުރިފުޅުމަތީގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޝްފާއާ ހަވާލުކުރައްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މިއަދު ޢައްޔަނު ކުރެއްވި އަލްއުސްތާޛާ މަރްޔަމް ރިޝްފާ މީގެކުރިން ވެސް ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަން 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރަށް އަދާކުރައްވާފައެވެ. އަދި، ޕާރޓް-ޓައިމް ލެކްޗަރަރއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި ހަރަކާތްތެރިވެ ވަޑައިގެންފައިވެއެވެ.

އަލްއުސްތާޛާ މަރްޔަމް ރިޝްފާ ވަނީ ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ ހާސިލްކުރައްވާފައެވެ. އޭގެ އިތުރުން އެބޭފުޅާ ވަނީ ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީއަރ އެންޑް ލޯ ވެސް ހާސިލްކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް