ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 09:21
ޑްރައިވަރު މަރާލަން މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ
ޑްރައިވަރު މަރާލަން މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ
ރާއްޖެއެމްވީ
ޑްރައިވަރަކަށް ހަމަލާ ދިނުން
ދިވެހި ޓެކްސީ ޑްރައިވަރަށް ހަމަލާދިންކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
 
ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ބިދޭސީއަކު

ހުޅުމާލޭގައި ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މަރާލަން ބިދޭސީއަކު މަސައްކަތް ކޮށްފައިވާއިރު ޑްރައިވަރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހޯމަ ދުވަހުގެރޭގެ ވަގުތެއްގައި އުމުރުން 25 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މަންޒަރު ދުށް މީހަކު މައުލޫމާތު ދިންގޮތުގައި އެ މީހާ ހުރީ މަސްތުގެ ހާލަތުގައެވެ. އެހެންނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހުޅުމާލެ ނިރޮޅުމަގުގެ 19 ވަނަ ގޯޅީގައި ހިނގި މި ހާދިސާގައި، ޓެކްސީ ޑްރައިވަރު މަރާލަން މަސައްކަތް ކުރީ، އިންޑިއާ ރައްޔިތެއް ކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ. ޑްރައިވަރަށް ހަމަލާދިނީ، އެމީހާ ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ޑްރައިވަރުގެ ކަރުގައި އޮޅައިގެންނެވެ. މަންޒަރު ދުށް މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، ކަރުގައި ގަމީސް އޮޅައި ޑްރައިވަރު މަރާލަން އުޅުމުން ޓެކްސީ ކޮންޓްރޯލްނުވެ ގޮސް އެ މަގުގައި ޕާކް ކޮށްފައިވާ ސައިކަލަކާއި ވޭނެއްގައި ޖެހި ކާރު ހުއްޓުނު ކަމަށެވެ.

ޑްރައިވަރު މަރާލަން ބޭރުމީހާ މަސައްކަތްކުރީ، ދަތުރު ފައިސާ ދޭށޭ ޑްރައިވަރު އެންގުމުން އޭނާގެ އަތުގައި ފައިސާ ނެތް ކަމަށް ބުނެއެވެ. ދަތުރު ނެގީ ހުޅުލޭ އައިލެންޑް ހޮޓެލުން ކަމަށް ވެސް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް