ކ. މާލެ
|
8 އޯގަސްޓް 2021 | އާދީއްތަ 20:01
ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހިބަހުގެ އެކެޑަމީ"
ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހިބަހުގެ އެކެޑަމީ"
-
ބަހުގެ އެކަޑަމީއަށް އައު މެމްބަރުން
ބަހުގެ އެކަޑަމީއަށް 3 މެންބަރުން ޢައްޔަނުކޮށްފި
 
އެކަޑަމީގެ ރައީސާއި ނައިބުރައީސް ހޮވޭނީ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން
 
ދައުރު ހަމަވި 3 ބޭފުޅުންނަކީ އަޝްރަފް ޢަލީ އާއި، ރާފިޢާ ޢަބްދުލްޤާދިރު އަދި މުޙައްމަދު ޝާހިދު ޙަލީމް
 
އައު މެމްބަރުން އައްޔަނު ކުރެއްވީ 3 މެންބަރެއްގެ ދައުރު 8 އޮގަސްޓުގައި ހަމަވުމާއި ގުޅިގެން

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހިބަހުގެ އެކެޑަމީ"އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު 3 މެމްބަރުން އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، އައު މެމްބަރުން އައްޔަނު ކުރައްވާފައިވަނީ ދިވެހިބަހުގެ އެކެޑަމީގައި ހިމެނޭ މެންބަރުންގެ ތެރެއިން 3 މެންބަރެއްގެ ދައުރު 8 އޮގަސްޓުގައި ހަމަވުމުން ކަމަށެވެ. ބަހުގެ އެކަޑަމީގައި ތިއްބެވި މެންބަރުންގެ ތެރެއިން 2021 އޮގަސްޓް 8 ގައި މެންބަރުކަމުގެ ދައުރު ހަމަވި 3 ބޭފުޅުންނަކީ އަޝްރަފް ޢަލީ އާއި، ރާފިޢާ ޢަބްދުލްޤާދިރު އަދި މުޙައްމަދު ޝާހިދު ޙަލީމެވެ. 

ރައީސުލްޖުމްހޫރިއްޔާ، ދިވެހިބަހުގެ އެކެޑަމީއަށް އަލަށް ޢައްޔަންކުރެއްވި 3 މެންބަރުންނަކީ ދަފްތަރު. ނަންބަރު ރސ 1901 ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމާއި ޅ.ކުރެންދޫ، ނޫރަންގެ ޒުލްފާ އިބްރާހީމާއި މ.ޑައިމަންޑްވެލީ މުޙައްމަދު ޝާހިދު ޙަލީމެވެ. މި ތިންބޭފުޅުންގެ ތެރެއިން މުޙައްމަދު ޝާހިދު ޙަލީމް ކުރިންވެސް ހުންނެވީ ދިވެހި ބަހުގެ އެކެޑަމީގެ މެންބަރެއްގެ ގޮތުގައެވެ.

މި ބަދަލާއެކު މިހާރު ދިވެހިބަހުގެ އެކެޑަމީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން، ޢިޔާޒު ޖާދުﷲ ނަސީމް، މުޙައްމަދު ޝާހިދު ޙަލީމް، އަޝްރަފް ޢަބްދުއްރަޙީމް އަދި ޒުލްފާ އިބްރާހީމް އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގައި ވާ ގޮތުގެމަތިން، ދިވެހިބަހުގެ އެކަޑަމީގެ ރައީސާއި ނައިބުރައީސް ހޮވޭނީ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން، އެކެޑަމީގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް