ކ. މާލެ
|
7 އޯގަސްޓް 2021 | ހޮނިހިރު 15:37
ތުޅާދޫ މެޗަށް ޓެންޓް ސްޕޯޓްސް ކުލަބުން ނެރުނު ފުރަތަމަ އެގާރަ
ތުޅާދޫ މެޗަށް ޓެންޓް ސްޕޯޓްސް ކުލަބުން ނެރުނު ފުރަތަމަ އެގާރަ
ޓެންޓް ސްޕޯޓްސް ކުލަބު
ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް
ތިންވަނަ ޑިވިޝަނުގެ ކުޅުން އަލުން ފަށައިފި
 
ތުޅާދޫ އަތުން ޓެންޓް މޮޅުވީ 6-2 ގެ ނަތީޖާއަކުން
 
ވިލިމާލެ އާއި ބެންޗް އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުޅުން އަލުން ފަށައިފިއެވެ.

މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާންކުރި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ތިންވަނަ ޑިވިޝަން މެދުކަނޑާލާފައެވެ. އެކަމަކު މިދިޔަ ޖުލައި މަހު އެޗްޕީއޭއިން ވަނީ ފިޔަވަޅުތަކަށް ލުއިދީ ކުޅިވަރުތައް ކުޅެން ހުއްދަދީފައެވެ. އެއާއެކު ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުން ފަރިތަކުރުންތައް ފެށިއިރު، ހުކުރު ދުވަހުގެ ހަވީރު ވަނީ މުބާރާތުގެ ކުޅުން ފަށާފައެވެ.

މާފަންނު ޓާފް ދަނޑުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ޓެންޓް ސްޕޯޓްސް ކުލަބުން ވަނީ 6-2 ގެ ނަތީޖާއަކުން ތުޅާދޫ އެވެންޗާސް ސްޕޯޓްސް ބަލިކޮށްފައެވެ. މި މެޗަކީ މިދިޔަ މެއި މަހުގެ ހަތަރުވަނަ ދުވަހު ކުޅެން ތާވަލުކޮށްފައި އޮތް މެޗެކެވެ. މި މެޗުގައި ޓެންޓުގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޒުބައިރު، އަބްދުﷲ ސުޒައިރު، އިސްމާޢީލް ނާޝިދު، އަޙްމަދު ޝަރީފް އަދި އަކުމަލް މުޙައްމަދެވެ. އަދި ތުޅާދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަޙްމަދު ރަޝީދާއި މުޙައްމަދު އަޒްލިފެވެ. މި މެޗުން މޮޅުވެ ޓެންޓް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދާފައެވެ.

މި މުބާރާތުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގައި ވިލިމާލެ ޔުނައިޓެޑާއި ބެންޗް ސްޕޯޓްސް ކުލަބު ބައްދަލުކުރިއިރު، މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ވިލިމާލެ ޔުނައިޓެޑަށް ލީޑު ނަގައިދިނީ އާދަމް މުޝްފިގެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައު އަޙްމަދު ޝާން ވަނީ ބެންޗަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެދު ކެނޑުމަކަށްފަހު ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ފެށިއިރު، މި މުބާރާތުގެ ކުޅުން އެންމެ ފުރަތަމަ ފަށާފައިވަނީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އެ ފަހަރު މުބާރާތުގެ ކުޅުން ފަށާފައިވަނީ ތިން ފަހަރެއްގެ މަތިން މުބާރާތް ފަސްކުރުމަށްފަހުއެވެ. އެގޮތުން އެންމެ ފުރަތަމަ މި މުބާރާތް ފެށުމަށް އެފްއޭއެމުން ތާވަލުކުރީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެކަމަކު ފަހުން މި މުބާރާތް ފެށުން އެ މަހުގެ ހަތަރުވަނަ ދުވަހަށް ތާވަލުކުރިއިރު، އަނެއްކާވެސް އެ މަހުގެ 10 ވަނަ ދުވަހަށްވެސް މުބާރާތް ފެށުން ފަސްކުރިއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މުބާރާތް ފެށުން ވަރަށް ބޮޑަށް ލަސްވެގެންދިޔައެވެ.

މި ފަހަރުގެ ތިންވަނަ ޑިވިޝަނުގެ ކުޅުން ކުރިއަށްދާއިރު، މި މުބާރާތުގައި 14 ޓީމެއް އަންނަނީ ވާދަކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް